ރޯދަމަހު ފަހު 10 ގައި މާލޭގެ 23 މިސްކިތެއްގައި ދަމު ނަމާދު ކުރަން ނިންމައިފި
މި ރަމަޟާން މަހުގެ ފަހު 10 ގައި މާލޭގެ 23 މިސްކިތެއްގައި ދަމު ނަމާދު ކުރަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ވިލިމާލޭގެ ތިން މިސްކިތަކާއި ހުޅުމާލޭގެ ފަސް މިސްކިތެއްގައި ފަހު 10 ގައި ދަމުނަމާދުކުރަން ނިންމާފައިވާ ކަމަށެވެ.
މާލޭގައި ދަމު ނަމާދުކުރާ މިސްކިތްތައް-
- މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް (އިސްލާމީ މަރުކަޒު)
- މަސްޖިދުއްސުލްޠާނު މުޙައްމަދު ބިން ޢަބްދިﷲ
- މަސްޖިދުއްސުލްޠާނު މުޙައްމަދު ޝަމްސުއްދީން
- މަސްޖިދުއްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލު
- މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން
- މަސްޖިދު ޞަލާޙުއްދީން
- މަސްޖިދު ފުރްޤާން
- މަސްޖިދު ޖަލާލުއްދީން
- މަސްޖިދުއްނޫރު
- އިބްރާހީމީ މިސްކިތް
- މަސްޖިދުއްޝަހީދު ޢަލީ
- މަސްޖިދު އިސްކަންދަރު
- މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
- މަސްޖިދުއްސުލްޠާން މުޙައްމަދު ޢިމާދުއްދީން
- މަސްޖިދުއްސުލްޠާން މުޙައްމަދު ޖަމީލު ދީދީ
ވިލިމާލޭގައި ދަމު ނަމާދު ކުރާ މިސްކިތްތަކަކީ:
- މަސްޖިދުއްސަލާމް
- މަސްޖިދުލްއިޚްލާޞް
- މަސްޖިދުލް ބިއްރީ
ހުޅުމާލެގައި ދަމު ނަމާދުކުރާ މިސްކިތްތަކަކީ:
- މަސްޖިދު ޝައިޚް ޤާސިމް ބިން އާލްޘާނީ
- މަސްޖިދު ޢަޒީޒާ މޫސާ
- މަސްޖިދު ޢުމަރު ބިން ޚައްޠާބު
- މަސްޖިދުލް ވާލިދައިނި
- ހުޅުމާލެ ވަގުތީ މިސްކިތް (ނޭބަރ ހޫޑު 3)
އިސްލާމީ މަރުކަޒުގައި އިމާމުވެ ދަމުނަމާދުކުރައްވާނީ ޝެއިޚު ނަޞްރުﷲ އަލީއާއި އަލް ހާފިޒް މުޙައްމަދު ތާރިޤް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ުނެއެވެ.
ދަމުނަމާދުގެ އިތުރުން ފަހު 10 ގައި މާލޭގައި އިއުތިކާފަށް ތިބުމަށް ހަމަޖައްސާފައި ވަނީ އިސްލާމީ މަރުކަޒާއި ފުރުގާން މިސްކިތާއި ޖަލާލުއްދީންް މިސްކިތާއި ޝަހީދު އަލީ މިސްކިތް އަދި މަސްޖިދުއްސުލްތާން މުހައްމަދު ބިން އަބްދުﷲ އެވެ.
ދަމުނަމާދަކީ، އިޝާނަމާދަށްފަހު ކިތަންމެ ކުޑަ ހިނދުކޮޅަކުނަމަވެސް ނިދާލުމަށްފަހު ތެދުވެ، ފަތިސްވަގުތުގެ ކުރިން ދެރަކުޢަތުން، ދެރަކުޢަތުން ސަލާމްދެމުން ކުރާ ނަމާދެކެވެ. މިއީ ގަދަވެގެންވާ ސުންނަތް ނަމާދެކެވެ.
ކޮންމެ ރަމަޟާން މަހެއްގައި މާލޭގެ އިތުރަށް ރާއްޖޭގެ އެކި ރަށްރަށުގައި ބޮޑު ޖަމާއަތް ހަދައިގެން ދަމުނަމާދުކޮށް އުޅެއެވެ. އާންމުގޮތެއްގައި މިސްކިތްތަކުގައި ދަމުނަމާދުކުރަން ފަށަނީ މެންދަމު ދެގަޑި ސުންމިނެޓުން ފެށިގެންނެވެ.