ރައްކާ ރޯޑު ޝޯވ ގެ މިފަހަރުގެ ވީޑިއޯތައް ތަފާތު
ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ގުޅިގެން ކުރިއަށް ގެންދާ ”ރައްކާ ރޯޑް ޝޯވ“ ގެ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ވީޑިއޯ އެޑް ލޯންޗުކޮށްފި އެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ޢާންމުކުރި މި ވީޑިއޯތަކާއި ގުޅޭގޮތުން ފުލުހުން ބުނީ މި ވީޑިއޯ އެޑްތަކުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ހޭލުންތެރި ކުރުމުގެ ތަފާތު މެސެޖުތައް ފެނިގެންދާނެ ކަމަށެވެ.
އެތަނުން އެއް އެޑުގައިވަނީ އަނދިރި މަގުތަކުގައި ދުވާއިރު ސަމާލުކަންދޭންވީ ކަންކަމާ ގުޅޭ މެސެޖެވެ. އަދި އަނެއް އެޑުގައި ވަނީ ސައިކަލު ދުއްވާއިރު ރައްކާތެރި ގޮތުގައި ހެލްމެޓް އެޅުމުގެ މުހިންމުކަން އަންގައިދޭ ވީޑީއޯއެކެވެ.
During night while using road for exercise (run or walk), for the safety of you and others, please wear high visible clothes or reflective materials.#PoliceMv#TrafficPoliceMv#AmalunDhakkaanan#RoadSafety#RakkaRoadShow
In association with @alliedmv pic.twitter.com/NDB4poLo6y
— Road Police (@TrafficPoliceMv) April 27, 2021
މީގެ އިތުރުން މަގަށް ދޭންވާ ސަމާލުކަން ނުދީ މަގު ހުރަސްކުރުމުގެ ނުރައްކާތެރިކަން އަންގައިދޭ ވީޑިއޯއަކާއި އެއްގަމު އުޅަނދު ދުއްވަމުން މޯބައިލް ފޯނު ބޭނުންކުރުމުގެ ނުރައްކާތެރިކަން އަންގައިދޭ ވީޑިއޯއެއް ވެސް ހިމެނެ އެވެ.
"STOP" Look both ways before crossing the road. #PoliceMv#TrafficPoliceMv#AmalunDhakkaanan#RoadSafety#RakkaRoadShow
In association with @alliedmv pic.twitter.com/LNG0hRW6EQ
— Road Police (@TrafficPoliceMv) April 27, 2021
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ތަފާތު ހަރަކާތްތައް ”ރައްކާ ރޯޑް ޝޯވ“ ގެ ތެރެއިން އަންނަނީ ކުރިއަށް ގެންދަމުން ނެވެ.