އެމްޑަބްލިއުއެސްސީގެ “ރިހި 25” ނައިބު ރައީސް އަށް ހަދިޔާ ކުރައްވައިފި

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ “ރިހި 25” ނައިބު ރައީސް އަށް ހަދިޔާ ކުރައްވައިފި އެވެ.

މި ފޮތަކީ އެ ކުންފުނީގެ ދިގު ތާރީޚުގެ މައްޗަށް ބިނާކޮށް އެކުލަވައިލާ، ޝާއިޢުކޮށްފައިވާ ފޮތެކެވެ.

އިޝްތިހާރު Below Header ad

މި ފޮތް ނައިބު ރައީސްއާ ހަދިޔާކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި މިއަދު މެންދުރުކުރީގައި ބޭއްވި ބައްދަލުކުރެއްވުމެއްގަ އެވެ. ނައިބު ރައީސްއަށް ފޮތް ހަދިޔާ ކުރެއްވީ އެމްޑަބްލިއުއެސްސީ ގެ މެނޭޖިންގ ޑައިރެކްޓަރ ހަސަން ޝާހެވެ.

މި ފޮތުގައި އެކުންފުނި އުފެދިގެން އައި ގޮތާއި ހާސިލު ކޮށްފައިވާ ލަނޑުދަނޑިތަކާއި ކުންފުނީގެ މަސައްކަތް ފެށުނީއްސުރެ މާލޭގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ހާލަތު އެކި ދުވަސްވަރުގެ މަތިން ބަދަލުވަމުން އައިސްފައިވާ ގޮތް ވަނީ ވަރަށް ތަފްސީލުކޮށް ބަޔާންކޮށްދީފަ އެވެ.

މީގެ އިތުރުން ފެނާއި ނަޖިހުގެ ހާލަތާމެދު މާލޭގައި އެންމެ ފުރަތަމަ ކުރެވުނު ޢިލްމީ ދިރާސާ ރިޕޯޓާއި އެކި ދައުރުތަކުގައި މާލޭގެ ރައްޔިތުންނަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމަށް ކުރެވިފައިވާ ވަރަށް މުހިންމު މަސައްކަތްތަކުގެ މައުލޫމާތު ވެސް މިފޮތުގައި ވަނީ ހިމަނާފަ އެވެ.

ހަމަމިއާއެކު އެމްޑަބްލިޔުއެސްސީން ފެނާއި ނަރުދަމާގެ އިތުރުން އެހެން ދާއިރާތަކުގައި ފައިތިލަ ސާބިތުކޮށް ހޯދަމުންދާ ކުރިއެރުންތަކުގެ މައްޗަށްވެސް މިފޮތުގައި ވަނީ އަލިއަޅުވާލާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.