ކޮވިޑް-19: މާންދޫން އިއްޔެ ނެގި 40 ސާމްޕަލްގެ ތެރެއިން 22 ފައްސި، ޖުމްލަ އަދަދު 45 އަށް !
ލ.މާންދޫ ސްލަސްޓާއާއި ގުޅިގެން އިއްޔެ ނެގި 40 ސާމްޕަލްގެ ތެރެއިން 22 ސާމްޕަލް ފައްސިވެއްޖެއެވެ.
މި 22 ފައްސިއާއި އެކު މިހާރު ލ.ގަން-ފޮނަދޫން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 45 އަށް އަރާފައެވެ.
އިއްޔެ ނެގ ި40 ސާމްޕަލްގެ ތެރެއިން 22 ސާމްޕަލް ފައްސިވެފައިވާއިރު، އޭގެތެރޭގައި ދެ ދިވެހިންވެސް ހިމެނެއެވެ.
ލ.ގަމު ރީޖަނަލް ހޮސްޕިޓަލުން އާންމުކުރި މަޢުލޫމާތުގައި ބުނެފައިވަނީ މިހާތަނަށް ފައްސިވެފައިވާ މީހުންގެ ތެރެއިން ގިނަ ފަރާތްތަކަކީ މާންދޫގައި މަސައްކަތް ކުރާ ފަރާތްތައް ކަމަށެވެ. މިގޮތުން މާންދޫން މިހާތަނަށް 39 މީހަކު ފައްސިވެފައިވާއިރު، ގަމުން 6 މީހަކު ވަނީ ފައްސިވެފައެވެ.
ލ.ގަމު ރީޖަނަލް ހޮސްޕިޓަލުން އާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު މިހާތަނަށް ނަގާފައިވަނީ 153 ސާމްޕަލްއެވެ. އޭގެތެރެއިން 70 ސާމްޕަލެއްގެ ނަތީޖާ ލިބިފައިވާއިރު، 85 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ.
ލ.މާންދޫން ކޮވިޑް-19 ކޭސްއެއް ފެނި އެރަށް މޮނިޓަރިންއަށް ލީފަހުން، އެރަށާ އިންވެގެން އޮންނަ ގަމުން ކޮވިޑް-19 ކޭސްއެއް ވަނީ ފެނިފައެވެ.
ނަމަވެސް މި ކޭސްތަކާއި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ފޮނަދޫ އިން އަދި މިހާތަނަށް އެއްވެސް ކޭހެއް ފެނިފައެއް ނުވެއެވެ.
އަދި މާންދޫގެ މި ކުލަސްޓާއާއި ގުޅިގެން މިހާތަނަށް 153 ސާމްޕަލްއެއް ނަގާފައި ވާއިރު، އޭގެ ތެރެއިން އަދި ނަތީޖާ ނުލިބޭ 85 ސާމްޕަލެއް ހިމެނެއެވެ.