
ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް މިރޭ ޕީޕީއެމްއަށް ސޮއި ކުރައްވަނީ…
ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު މިރޭ ޕީޕީއެމްއަށް ސޮއި ކުރައްވަން ހަަމަޖެހިފައިވާކަން މައުލޫމާތު ލިބިއްޖެއެވެ.
އެޓޯލްނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުން ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ޕީޕީއެމްއަށް ސޮއިކުރައްވަނީ މިރޭ ދަރުބާރުގޭގައި ރައީސްޔާމީންގެ ފެޝަނުން ބާއްވާ ޚާއްޞަ ހަފުލާއެއްގައެވެ.
ދަރުބާރުގޭގައި މިރޭ ބާއްވާ ރައީސް ޔާމީންގެ ފެކްޝަނުގެ އިވެންޓްގައި އިލްހާމް ސޮއިކުރައްވާއިރު މި އިވެންޓަށް ދިއުމަށް މިހާރުވަނީ މީޑިއާތަކަށްވެސް ދައުވަތު ދީފައެވެ.
މިރޭ ދަރުބާރުގޭގައި ބާއްވާ މިއިވެސްޓް ފަށާނީ މިރޭ 9 ޖަހާއިރުގައި ކަމަށް މައުލޫމާތު ލިބެއެވެ.



