
ދިއްފުށީ ފަޅުތެރޭގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ
ކ. ދިއްފުށީ ފަޅުތެރޭގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އިންޑިއާގެ ރައްޔިތެކެވެ.
އޭނާގެ ހަށިގަނޑު ދިއްފުށީ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ އިރު، މިއީ ކަރަންޓީނުވާން ރާއްޖެ އައިސް ހުރި އިންޑިއާ ރައްޔިތެއް ކަމަށްވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
އެރަށު ކައުންސިލުން ބުނީ އެކަމާކއިބެހޭ މަޢުލޫމާތު ހިއްސާ ކުރާނީ ފުލުހުން ކަމަށެވެ.