ރާއްޖޭގައި ސެޓަލައިޓް ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އާއި ތުރާޔާ ގުޅިއްޖެ

ރާއްޖޭގައި ސެޓަލައިޓު ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށް މަޝްހޫރު މޮބައިލް ސެޓަލައިޓް ސަރވިސް (އެމްއެމްއެސް) އޮޕަރޭޓަރ ތުރާޔާ ޓެލެކޮމިއުނިކޭޝަންސް ކޮމްޕެނީ އުރީދޫ މޯލްޑިވްސް ގުޅިއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއަށް މޮބައިލް ސެޓެލައިޓްގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެއްބަސްވި، މި އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގައި މަސްވެރިންނަށް ޚާއްޞަކޮށްގެން ތުރާޔާގެ ސެޓަލައިޓް ނެޓްވަރކް މެދުވެރިކޮށް ބޭނުންކުރެވޭނެ ވޮއިސް ޕްރޮޑަކްޓްސް އަދި ބްރޯޑްބޭންޑް ކަނެކްޓިވިޓީ ފޯރުކޮށްދެވޭނެއެވެ.

އިޝްތިހާރު Below Header ad

ރާއްޖޭގައި މަސްވެރިންނަށް ރައްކާތެރި މާޙައުލެއް ޤާއިމްކޮށްދިނުމުގެ ގޮތުން އަންނަ އަހަރުން ފެށިގެން ކޮންމެ މަސްދޯންޏެއްގައިވެސް ސެޓަލައިޓްގެ ޚިދުމަތް ލިބޭ މުވާޞަލާތީ ވަޞީލަތެއް ހުރުން ލާޒިމް ކޮށްފައިވާ އިރު، އުރީދޫ އާއި ތުރާޔާގެ މަޤްޞަދަކީ މަސްވެރިންނަށް ހެޔޮއަގެއްގައި ފެންވަރު ރަނގަޅު ސެޓަލައިޓް ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

ރާއްޖޭގައި ތަޢާރަފް ކޮށްފައިވާ މި ޕޮލިސީ އަކީ ދުނިޔޭގެ އެކިހިސާބުތަކުގައިވެސް މަސްވެރިކަން ބަލަހައްޓާ މައި އިދާރާތަކުން ގެންގުޅެމުންދާ އުޞޫލެކެވެ. މަސްވެރިންގެ އުޅަނދުތަކުގައި ތުރާޔާގެ ސެޓަލައިޓް ޚިދުމަތްތައް ބޭނުންކުރުމާއެކު، ޢާންމު ޙާލަތްތަކާއިނުރައްކާތެރި ޙާލަތްތަކުގައިވެސް މަސްވެރިންނަށް އެތައް ބޭނުމެއް ފުއްދައިދޭ މޮނީޓަރިންގ ސިސްޓަމްތަކާއި ޕްރޮޑަކްޓްތަކެއް ލިބޭނެއެވެ.

19 އޮކްޓޯބަރ 2016 އިން ފެށިގެން އުރީދޫ އެކްސްޕީރިއަންސް ސެންޓަރުންނާއި އުރީދޫގެ އެންޓަރޕްރައިޒް ޓީމް މެދުވެރިކޮށް، ތުރާޔާގެ ސެޓްސްލީވް+ އަދި ސެޓްސްލީވް ހޮޓްސްޕޮޓް ޑިވައިސްތައް ލިބެންހުންނާނެ ކަމަށް އުރީދޫއިން މަޢުލޫމާތުދެއެވެ.

ސެޓްސްލީވް+ އަދި ސެޓްސްލީވް ހޮޓްސްޕޮޓް އަކީ ސްމާޓްފޯނުތައް ސެޓަލައިޓް ފޯނަކަށް ބަދަލުކޮށްލަދޭ އެޑެޕްޓަރތަކެކެވެ. މި ޑިވައިސްތައް މެދުވެރިކޮށް އަވަސް އަދި ފަސޭހަ ކަނެކްޓިވިޓީ ލިބިގެންދާނެއެވެ. ޚާއްޞަގޮތެއްގައި ނެޓްވަރކް ލިބެން އުނދަގޫ ހިސާބުތަކުގައި ބޭނުންކުރާ މި ވަސީލަތްތައް މެދުވެރިކޮށް ވޮއިސް ކޯލް، އެސްއެމްއެސް، އީމެއިލް، އަދި މޮބައިލް އެޕްލިކޭޝަންތައް ބޭނުންކުރެވޭއެވެ. އަދި މި ދެ އެޑެޕްޓަރގައިވެސް ވެސް ސްމާޓްފޯނެއްގެ އެހީ އާއި ނުލާ ބޭނުންކުރެވޭ ސަލާމަތީ (އެސްއޯއެސް) ފީޗަރ އެއް ހިމެނެއެވެ.

އުރީދޫއިން ބުނީ މި އެއްބަސްވުމުގެ ދެވަނަ ފިޔަވަހި ކުރިއަށްގެންދާނީ މިއަހަރުގެ ފަހުކޮޅު ކަމަށާއި މި ފިޔަވެހި އަމާޒުކުރާނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައިވާ 105 އަށްވުރެ ގިނަ ރިސޯޓުތަކަށެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.