ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން ކަމަށް އިޤުބާލް އާދަމް އައްޔަން ކޮށްފި

ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން ކަމުގެ މަގާމަށް ގ.ވަށަފަރު އިޤުބާލް އާދަމް އައްޔަން ކޮށްފިއެވެ.

އިޤުބާލް އާދަމް ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން ކަމުގެ މަގާމަށް އައްޔަން ކުރިއިރު އޭނާވަނީ މީގެ ދެދުވަސްކުރިން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ބެއްލެވުމުގެ ދަށުން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ބާއްވަވާ ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށްވެސް އައްޔަންކުރައްވާފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިޤުބާލް އާދަމް ފެނަކައިގެ ޗެއާމަނަކަށް ހަމަޖެއްސެވީ އެ ކުންފުނީގެ ޗެއާމަން ކަމުގެ މަގާމުގައި ހުންނެވި ރައީސް މައުމޫންގެ ދަރިކަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް މިމަހުގެ 12 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މިއަދު ފެނަކަ ކޯޕަރޭޝަންގެ ޗެއާމަން ކަމަށް އައްޔަން ކުރެއްވި އިޤުބާލް އަކީ މީގެ ކުރިން އެމްޓީސީގެ ޗެއާމަން ކަމާއި ސަރުކާރު ހިއްސާވާ ބައެއް އެހެން ކުންފުނިތަކުގެ އިސް މަގާމުތައް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

އިޤުބާލް ފެނަކައިގެ ޗެއާމަނަކަށް އައްޔަން ކުރިއިރު ދާދިފަހުން ވަނީ ފެނަކަ ކޯޕަރޭޝަންގެ ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި މުހައްމަދު ނިމާލް އެމަގާމުން ކުއްލިގޮތަކަށް ވަކިކޮށްފައެވެ. އަދި ކުންފުނީގެ ބޯޑުން ވެސް ދެބޭފުޅަކު ވަކިކުރައްވާ އެހެން ދެބޭފުޅަކު ވަނީ އައްޔަން ކުރައްވާފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.