ސެމްސަންގ ގެލެކްސީ ނޯޓުގެ އެންމެފަހުގެ ފޯނުތަކަށް ޕްރީ އޯޑަރ ކުރަން އުރީދޫއިން ހުޅުވާލައިފި

ސެމްސަންގުގެ އެންމެ ފަހުގެ ގެލެކްސީ ނޯޓް 10 ސީރީޒްގެ ސްމާޓްފޯނުތައް ޕްރީއޯޑަރ ކުރުމަށް ރާއްޖޭގައި ހުޅުވާލައި، އެއާއިއެކު ކަސްޓަމަރުންނަށް ފޯނު ބައްލަވައިގަތުން ފަސޭހަކޮށްދޭ ޚާއްޞަ ޕްލޭންތަކެއް އުރީދޫ އިން ތައާރަފްކޮށްފިއެވެ. މީގެ ތެރޭގައި މަހަކު އެންމެ 1,100 ރުފިޔާ ދައްކަވައިގެން، ފަހުގެ ސެމްސަންގ ގެލެކްސީ ނޯޓް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް ހިމެނެއެވެ.
އުރީދޫ މެދުވެރިކޮށް ސެމްސަންގ ގެލެކްސީ ނޯޓް 10 އަދި ނޯޓް 10+ ޕްރީއޯޑަރ ކުރައްވާ ކަސްޓަމަރުންނަށް ޚާއްޞަ އިނާޔަތެއްގޮތުގައި 50% ޑިސްކައުންޓް އާއި އެކު ސެމްސަންގ ގެލެކްސީ ވޮޗް އެކްޓިވް ބައްލަވައިގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ފުލް ޕޭމަންޓް ޕްލޭން
މި ޕްލޭން މެދުވެރިކޮށް އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް އެންމެ ރަނގަޅު އަގުގައި ފޯނުތައް ބައްލަވައިގަނެވޭއިރު، މި ޕެކޭޖްގެ ދަށުން، އެއް އަހަރުގެ މުއްދަތަށް، މަހަކު 1 ޖީބީ ޑޭޓާ ހިލޭ ލިބިގެންދާނެއެވެ.
އަގު (ރފ.) ކެޕޭސިޓީ ހޭންޑްސެޓް
15,899 256 ޖީބީ ސެމްސަންގ ގެލެކްސީ ނޯޓް 10
18,399 256 ޖީބީ ސެމްސަންގ ގެލެކްސީ ނޯޓް 10+

މަހުންމަހަށް ފައިސާދައްކާ ޕްލޭން.
މަހަކު އެންމެ 1,100 ރުފިޔާ ދައްކަވައިގެން، އުރީދޫ ކަސްޓަމަރުންނަށް އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ ނޯޓް ފޯންތައް ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕެކޭޖްތަކެއްވެސް ވަނީ ފަށާފައެވެ. އެންމެ 2,999 ރުފިޔާގެ ޑައުންޕޭމަންޓް އަކާއި އެކު، ޕޯސްޓްޕެއިޑް 200 ނުވަތަ އެއަށްވުރެ މަތީގެ ޕްލޭން އަކާއި އެކު ކަސްޓަމަރުންނަށް އިންސްޓޯލްމަންޓަށް ފޯނު ނެގޭނެއެވެ.
އަގު (ރފ.) ޑައުންޕޭމަންޓް(ރ.) ކެޕޭސިޓީ ހޭންޑްސެޓް
1,100 2,999 256 ޖީބީ ސެމްސަންގ ގެލެކްސީ ނޯޓް 10
1,316.67 2,999 256 ޖީބީ ސެމްސަންގ ގެލެކްސީ ނޯޓް 10+

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ފުލް ޕޭމަންޓް ޕްލޭން އާއި އެއްފަދައިން، މި ޕްލޭން ޚިޔާރުކުރައްވާ ބޭފުޅުންނަށްވެސް، އެއް އަހަރުގެ މުއްދަތަށް، މަހަކު 1 ޖީބީ ޑޭޓާ ހިލޭ ލިބިގެންދާނެއެވެ.
މި އޮފަރތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، ނުވަތަ ޕްރީ-އޯޑަރ ކުރެއްވުމަށް، http://ore.do/note10 އަށް ޒިޔާރަތްކުރައްވާށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.