ސްޕެޝަލް އޮލިމްޕިކްސްގައި ބައިވެރިވާ ރާއްޖޭގެ ޓީމުތަކުގެ ހުރިހާކުޅުންތެރިންވެސް ފިޓު: އޮފިޝަލް

ސްޕެޝަލް އޮލިމްޕިކްސްގައި ބައިވެރިވާ ރާއްޖޭގެ ޓީމުތަކުގެ ހުރިހާކުޅުންތެރިންވެސް ފިޓުކަމަށް އެޓީމުގެ އޮފިޝަލެއް ކަމަށްވާ އިބްރާހިމް ރަމީޒު (އިބޭ) ވިދާޅުވެއްޖެއެވެ.
އެޓޯލްނިއުސްއަށް ވާހަކަދައްކަވަމުން އިބޭ ވިދާޅުވީ މި މުބާރާތުގައި ބައިވެރިވާ އަންހެން އަދި ފިރިހެން ޓީމުގެ ހުރިހާ ކުޅުންތެރިންވެސް މިވަގުތުތިބީ ފިޓުކޮށްކަމަށެވެ.
މާދަމާއިންފެށިގެން މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ޗެންނާއީގައި ބާއްވާ ސްޕެޝަލް އޮލިމްޕިކްސް އިންޓަރނޭޝަނަލް ފުރަތަމަ ފުޓުބޯޅަ މުބާރާތުގައި ރާއްޖޭގެ ފަރާތުން އަންހެން އަދި ފިރިހެން ޓީމެއްވަނީ ބައިވެރިކޮށްފައެވެ. އަދި ކޮންމެ ޓީމެއްގައިވެސް 8 ކުޅުންތެރިން ހިމެނެއެވެ.
މުބާރާތުގެ ފިރިހެން ބައިގާ ވާދަކުރާ 12 ޓީމުވަނީ 3 ގްރޫޕަކަށް ބަހާލާފައެވެ. އެގޮތުން ގްރޫޕު އޭގައި ހިމެނެނީ އެސްއޯ ބަރަތް 1، އެސްއޯ އޮސްޓްރޭލިއާ، އެސްއޯ އިންޑޮނޭސިއާ އަދި އެސްއޯ މޯލްޑިވްސްއެވެ.
ގްރޫޕް ބީގައި އެސްއޯ ބަންގްލަދޭޝް، އެސްއޯ ޗައިނާ، އެސްއޯ މެލޭޝިއާ އަދި އެސްއޯ މިޔަންމާ ހިމެނޭ އިރު، ގްރޫޕް ސީގައި ހިމެނެނީ އެސްއޯ ބަރަތް 2، އެސްއޯ އިޖިޕްޓް، އެސްއޯ ކޮރެއާ، އަދި އެސްއޯ ޕާކިސްތާނެވެ.
އަންހެން ބައިގާ ހިމެނޭ 8 ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ. އެގޮތުން ގްރޫޕް އޭގައި އެސްއޯ ބަރަތް، އެސްއޯ މެލޭޝިއާ، އެސްއޯ މޯލްޑިވްސް އަދި އެސްއޯ ރަޝިއާ އޮތް އިރު، ގްރޫޕް ބީގައި އޮތީ އެސްއޯ ބަންގްލަދޭޝް، އެސްއޯ އިންޑޮނޭޝިއާ، އެސްއޯ ޕިލިޕިންސް އަދި އެސްއޯ ޔޫއޭއީ އެވެ.
މި މުބާރާތް ކުޅޭނީ ޗެންނާއީގެ ޖަވާހިރުލާލް ނެހުރޫ ސްޓޭޑިއަމްގައެވެ.

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.