ސްޕެޝަލް ކެޓަގަރީން ރާއްޖެއަށް ކާމިޔާބު ލިބެނީ ބުރަ މަސައްކަތުގެ ސަބަބުން: މަޚްލޫފް

ސްޕެޝަލް ކެޓަގަރީން ރާއްޖެއަށް ކާމިޔާބު ލިބެނީ ބުރަ މަސައްކަތުގެ ސަބަބުންކަމަށް ރާއްޖޭގެ ޔޫތް މިނިސްޓަރ އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އޭޝިއާ ބައްރުގައި ބާއްވާ ސްޕެޝަލް އޮލިމްޕިކްސް އިންޓަރނޭޝަނަލް ފުރަތަމަ ފުޓުބޯޅަ މުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ އަންހެން އަދި ފިރިހެން ފުޓްބޯޅަ ޓީމަށް ޖާރޒީ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

އިޝްތިހާރު Below Header ad

މަޚްލޫފް ވިދާޅުވީ އައިއޯއައިޖީގައި މާޒިން ހޯދީ، މުޅީރާއްޖެ ފަޚުރުވެރިވާ ކާމިޔާބީއެއް ކަމަށާއި މި މުބާރާތުންވެސް ރާއްޖެއަށް ކާމިޔާބީ އެދޭ ކަމަށެވެ.

Mahey 1

ސްޕެޝަލް އޮލިމްޕިކްސްގެ ދެ ޓީމަށްވެސް ޖާރޒީތައް ޙަވާލުކޮށްދެއްވީ ނިމިގެން މިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މެޑަލް ހޯދި ކުޅުންތެރިންނެވެ.

Mahey 3 1

މީގެ އިތުރުން ސްޕެޝިއަލް އޮލިމްޕިކްސްގެ ކުޅުންތެރިންނާ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް ވަނީ ބައްދަލު ކުރައްވާ ޓީމަށް ހިއްވަރު ދެއްވާފައެވެ.

15 އަށް ވުރެ ގިނަ ޤައުމުން 250 އަށްވުރެ ގިނަ ސްޕެޝަލް އެތްލީޓުން ވާދަކުރާ މި މުބާރާތް އޮންނާނީ މި މަހުގެ 3 އިން 6 އަށް އިންޑިއާގެ ޗެންނާއީގައެވެ. މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ކޮންމެ ޓީމެއްގައި 8 ކުޅުންތެރިން ހިމެނެއެވެ.

Mahey 3

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.