އައި.ސީ.އައި.އޭ ކޮންފަރެންސްގެ ގޯލްޑް ސްޕޮންސަރ އަކަށް އެސްޓީއޯ

ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ބާއްވާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗްއަލް އެޑްވާންސްމެންޓް (އައި.ސީ.އައި.އޭ) ކޮންފަރެންސްގެ ގޯލްޑް ސްޕޮންސަރ އަކަށް އެސްޓީއޯ ހަމަޖައްސައިފިއެވެ.

އިސްލާމިކް ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސްލަރ އަލްއުސްތާޛާ ޢާއިޝަތު ޚަލީލާ ޢަބްދުއްސައްތާރުއެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކްޓިވް ޑިރެކްޓަރ މަރިޔަމް ޕަރުވީން އަބްދުލް ފައްތާހު އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވައިސް ޗާންސްލަރ އަލްއުސްތާޛާ އައިޝަތު ޚަލީލާ ވިދާޅުވީ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުންފުނިތަކުގެ އެހީތެރިކަން ބޭނުންވާކަމަށެވެ. އަދި އިސްލާމިކް ޔުނިވަރސިޓީގެ ކޮންފަރެންސަށް އެސްޓިއޯގެ އެހީތެރިކަން ދެއްވި ކަމަށްޓަކައި އެސްޓިއޯ އަށް ޝުކުރުއަދާކުރެއްވިއެވެ.

މީގެ އިތުރުން ވައިސް ޗާންސްލަރ ވިދާޅުވީ މިފަދަ ބައިނަލްއަގުވާމީ ކޮންފަރެންސްތަކުގެ ސަބަބުން އާއްމުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތް ކާމިޔާބުވަމުން އަންނަކަމަށެވެ.

އެސްޓީއޯގެ އެގްޒެކްޓިވް ޑިރެކްޓަރ މަރިޔަމް ޕަރުވީން އަބްދުލް ފައްތާހު ވިދާޅުވީ ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް އެސްޓީއޯއިން އަބަދުވެސް އިސްކަމެއްދޭ ކަމަށާއި އެގޮތުން މި ކޮންފަރެންސްގެ ގޯލްޑް ޕާޓްނަރަކަށް ވުމަކީ ލިބޭ ފަޚުރެއް ކަމަށެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ސެންޓަރ ފޮރ ރިސަރޗް އެންޑް ޕަބްލިކޭޝަންސްގެ ޑީން ޑރ. ދީބާ މޫސާ ވިދާޅުވީ މި ކޮންފަރެންސް އަށް ވަރަށް ބޮޑު ތަރުހީބެއް މިހާރުވެސް ލިބިފައިވާ ކަމަށެވެ.

މި ކޮންފަރެންސަކީ އިސްލާމިކް ޔުނިވަރސިޓީން ބާއްވާ ހަތަރު ވަނަ ކޮންފަރެންސް ކަމަށާއި މި ކޮންފަރެންސަށް ބައިނަލްއަގުވާމީ ފަރާތްތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

އިޖުތިމާޢީ، އިޤްތިސާދީ އަދި ސިޔާސީ ދާއިރާގެ އިތުރުން ތަޢުލީމީ ދައިރާއިން ދިރާސާތައް ހުށަހަޅާ މި ކޮންފަރެންސަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން ގެންދާ ކޮންފަރެންސްއެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.