
ހޮޅުދޫ ފެން ހިންދާ ނިޒާމު ޤާއިމުކުރުމަށް ބަޔަކާ ޙަވާލުކޮށްފި
ނ. ހޮޅުދޫ ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބަޔަކާއި ޙަވާލުކޮށްފިއެވެ.
މި މަސައްކަތް ޙަވާލުކުރީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓާރ އިންޑިއާ ލިމިޓެޑާއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ ޙުސެއިން ރަޝީދު ޙަސަނެވެ. އަދި ކެނޭޑިއަން ކްރިސްޓަލައިން ވޯޓާރ އިންޑިއާ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ލީގަލް ރެޕްރެސެންޓޭޓިވް ހަމްދޫން އަނީސެވެ.
ވާރޭ ވެހުމުގެ ސަބަބުން ނ. ހޮޅުދޫގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ޖުމްލަ -/6،569،032.00 ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވެއެވެ.
10 މަސް ދުވަހުގެތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުއަކީ ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއުއެކެވެ.



