އައިއޯއައިޖީގެ އެތްލީޓުން މާދަމާ ރާއްޖެއަންނަނީ. މަރުޙަބާކިޔުމަށް ވީހާވެސް ގިނަބަޔަކު ދިއުންއެދެން.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން ވާދަކުރި އެތްލީޓުން މާދަމާ ރާއްޖެއަންނާނެކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާދަމާ ހަވީރު އެތްލީޓުން ރާއްޖެ އަންނާނެ ކަމަށެވެ. އަދި ވީހާވެސް ގިނަ އެތްލީޓުންނަށް މަރުޙަބާ ކިޔުމަށް ޖުމްހޫރީ މައިދާނަށް ދިއުމަށް އެދޭ ކަމަށެވެ.

އިޝްތިހާރު Below Header ad

އައިއޯއައިޖީގައި މިއަހަރު ރާއްޖެއިން ކަނޑައެޅި އަމާޒަކީ 15 މެޑެލް ހޯދުމެވެ. އެ އަމާޒު ވަނީ ހާޞިލުކޮށްފައެވެ.

މޮރިޝަސްގައި ބޭއްވި މި ގޭމްސްގައި 10 ކުޅިވަރެއްގައި ރާއްޖެއިން ވަނީ ބައިވެރިވެފައެވެ. އަދި ގިނަ ކާމިޔާބީތަކެއްވެސް ހޯދާފައެވެ.

އޭގެތެރޭގައި އަންހެން ޓީޓީ ކުޅުންތެރިންނާއި ބެޑްމިންޓަން ޓީމު ފާހަގަކޮށްލެވެއެވެ. އެގޮތުން އަންހެން ޓީޓީ ޓީމުން ތިން ރަން މެޑައްޔާއި ދެ ރިހި މެޑެއްޔާއި ލޯ މެޑައްޔެއް ހޯދާފައިވާ އިރު، ބެޑްމިންޓަން ޓީމުން ވަނީ ރަން މެޑައްޔަކާއި ރިހި މެޑައްޔަކާއި ދެ ލޯ މެޑެލް ހޯދާފައެވެ.

އެތްލީޓުން ރާއްޖެއައުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:00ގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.