ގޮއިދޫގެ މައްޗަށް ފަސޭހަމޮޅެއް ހޯދާ އޭދަފުށިން ބ. ފުޓްބޯލް ޗެލެންޖުގެ ޗެމްޕިއަންކަން ހޯދައިފި

ގޮއިދޫގެ މައްޗަށް ފަސޭހަމޮޅެއް ހޯދާ އޭދަފުށިން ބ. ފުޓްބޯލް ޗެލެންޖުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

އެޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ގޮއިދޫ އާއިވާދަކޮށް ފަސޭހަކަމާއެކު 6 ލަނޑު 1 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.

އިޝްތިހާރު Below Header ad

މި މެޗުގައި އޭދަފުށީގެ މުހައްމަދު ފާސިރު (ފާއްޓޭ) އާއި އަލީ ނަސީމު ކޮންމެ ކުޅުންތެރިއަކު 2 ލަނޑު ޖަހާފައިވާ އިރު، އެޓީމުގެ 3 ވަނަ ލަނޑަކީ ގޮއިދޫގެ ޝަންމޫން ޖަމީލުގެ ފައިގާ ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. އަދި 6 ވަނަ ލަނޑު ޖަހައިދިނީ އަޙްމަދު އަޝްރަފެވެ.

މި މެޗުގައި ގޮއިދޫން ޖެހި ހަމައެކަނިލަނޑު މެޗުގެ ފުރަތަމަ ހާފުގައި ޖެހީ ޝަންމޫން ޢަލީއެވެ.

ފައިނަލު މެޗު ނިމުމުން ޗެމްޕިއަން ޓީމަށާއި ރަނަރއަޕް ޓީމަށް އަދި ވަނަތަކަށްދިޔަ ކުޅުންތެރިންނަށް ވަނީ މެޑެލް އާއި ޓްރޮފީ އަދި ތައްޓާއި ފައިސާގެ އިނާމު ޙަވާލުކޮށްފައެވެ.

މި މުބާރާތުގައި 10 ގޯލު ޖަހައިގެން ދެ ކުޅުންތެރިއަކު ވަނީ އެއްވަރުވެފައެވެ. އެއީ އޭދަފުށީގެ މުޙައްމަދު ފާސިރު (ފާއްޓޭ) އާއި ގޮއިދޫގެ އާދަމް އާޒިމް (ކިތުނާ) އެވެ. ނަމަވެސް އާޒިމަށްވުރެ މަދު ވަގުތުކުޅެފައިވާތީ ރަންބޫޓު ލިބުނީ ފާސިރަށެވެ.

އެންމެ މޮޅު މިޑްފީލްޑަރގެ މަޤާމު ހޯދީ އޭދަފުށީގެ ސާހީ މޫސާއެވެ. ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމާއި މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ އޭދަފުށީ ޓީމްގެ އަލީ ނަސީމްއެވެ.

އެންމެ މޮޅު ފޯވަރޑުގެ މަޤާމު ގޮއިދޫގެ އާދަމް އާޒިމް ހޯދި އިރު، މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ އޭދަފުށީގެ ރައްޒާން ރަޝީދު އެވެ. ފެއަރ ޕްލޭ ޓީމަކީ ކެންދޫ ފުޓްބޯޅަ ޓީމެވެ.

މުބާރާތުގެ ޗެންޕިއަން ޓީމަށްދޭ 30000 ރުފިޔާގެ ފައިސާގެ އިނާމުގެ ރަމްޒީ ޗެކާއި މެޑެލް މިއަދުގެ މެޗުގެ ޝަރަފްވެރި މެހްމާން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އާއި ލަނޑާ ގިރާވަރުގެ ޖެނެރަލް މެނޭޖަރ އަރްމާންޑޯ ކްރެޒެލިން އެވެ.

ރަނަރއަޕް ޓީމަށްދޭ 5000 ރުފިޔާގެ ފައިސާގެ އިނާމުގެ ރަމްޒީ ޗެކާއި މެޑެލް ހަވާލުކޮށްދެއްވީ ލަނޑާ ގިރާވަރުގެ ޖެނެރަލް މެނޭޖަރ އަރްމާންޑޯ ކްރެޒެލިން އެވެ.

މި މުބާރާތަކީ ފޯރ ސީޒަންސް ލަނޑާ ގިރާވަރުން އިސްނަގައިގެން ވެސްޓް ވިންގ އޭދަފުށީގެ އެހީތެރިކަމާއެކު މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހަށް ކުރިއަށް ގެންދިޔަ މުބާރާތެކެވެ.

ބ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި 11 ރަށަކުން ވަނީ ބައިވެރިވެފައެވެ.

ފޯރސީޒަން ލަނޑާގިރާވަރުން ބުނީ އަންނަ އަހަރުވެސް މި މުބާރާތް ބާއްވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.