ހެނބަދޫ ސުކޫލުގެ ޤުރްއާން މުބާރާތް ފަށައިފި

ހެނބަދޫ ސުކޫލުގެ ހުރިހާ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހެނބަދޫ ސުކޫލުގެ ޤުރުއާން މުބާރާތް ފެށިއްޖެއެވެ.

މި މުބާރާތަކީ ހެނބަދޫ ސުކޫލު ދަރިވަރުންނަށް ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔެވުމަށް ބާރުއެޅުމަށާއި، ހެނބަދޫ ސުކޫލުގެ ދަރިވަރުންނަކީ ޤުރުއާން ކިޔަވަން ދަންނަ، ޤުރުއާނަށް ލޯބިކުރާ ދަރިވަރުންތަކަކަށް ހަދައި، ޤުރުއާން ކިޔެވުމުގެ ރޫޙް އަށަގެންނެވުމުގެ މަޤްޞަދުގައި ހެނބަދޫ ސުކޫލުގެ ފަރާތުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ މުބާރާތެކެވެ. ޖުމުލަ 6 އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި މިއަހަރު 85 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ބަލައިގެން ކިޔުމުގެ ގޮފީގައި 62 ދަރިވަރުން ބައިވެރިވެފައިވާއިރު، ނުބަލާ ކިޔުމުގެ ގޮފީގައި 23 ދަރިވަރުން ބައިވެރިވެފައި ވެއެވެ.

އިޝްތިހާރު Below Header ad

މިދިޔަ އަހަރެކޭ އެއްފަދައިން، މި އަހަރު ވެސް ނ. އަތޮޅުގެ ހުރިހާ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ، ނ. އަތޮޅު ޤުރުއާން މުބާރާތުގައި ހެނބަދޫ ސުކޫލުން ވަނީ ބައިވެރިފައެވެ. ހެނބަދޫ ސުކޫލުގެ ޤުރުއާން ޓީޗަރ އަލްފާޟިލް މުޙައްމަދު ވަހީދު ވިދާޅުވި ގޮތުގައި މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މުބާރާތުގައި ބައިވެރިވާނެ ދަރިވަރުން ހިޔާރުކުރެވި، ފަރިތަކުރުންތައް ވަނީ ފެށިފައެވެ.

2018 ވަނަ އަހަރު ވެސް ހެނބަދޫ ސުކޫލުގެ ދަރިވަރުން ވަނީ އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިވެ، ފާހަގަކޮށްލެވޭ ވަނަތަކެއް ހޯދާފައެވެ. އެގޮތުން، ނުބަލާ ކިޔުމުގެ ގޮފިން، ހަ އަހަރުން ދަށުގެ ބައިން 2 ވަނަ އަދި 3 ވަނައިގެ އިތުރުން 7 އަހަރުން ދަށުގެ ބައިން 1 ވަނަ ހޯދާފައިވެއެވެ. މީގެއިތުރުން ބަލައިގެން ކިޔުމުގެ ގޮފިން، 9 އަހަރުން ދަށުގެ ބައިން 2 ވަނަ އަދި 3 ވަނަ ހޯދާފައިވާއިރު، 11 އަހަރުން ދަށުގެ ބައިން ވަނީ 1 ވަނަ ހޯދާފައެވެ. ހަމައެހެންމެ، 2018 ވަނަ އަހަރުގެ އަތޮޅު ޤުރުއާން މުބާރާތުގެ މުޅި މުބާރާތުން 3 ވަނަ ވަނީ ހެނބަދޫ ސުކޫލުން ހޯދާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.