ޖޭ.ސީ.އެމް މަސައްކަތު ބައްދަލުވުން އެންވަޔަރްމެންޓް މިނިސްޓަރ ފައްޓަވައިދެއްވައިފި

ޖޮއިންޓް ކްރެޑިޓިންގ މެކޭނިޒަމް“ (ޖޭ.ސީ.އެމް) މަސައްކަތު ބައްދަލުވުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަން ފައްޓަވާދެއްވައިފިއެވެ.

މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވީ ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

”ޖޮއިންޓް ކްރެޑިޓިންގ މެކޭނިޒަމް“ (ޖޭ.ސީ.އެމް) އަކީ ތެލަށްވުރެ އަގު ހެޔޮ އަދި ފަސޭހައިން ލިބެން ހުންނަ އިޔާދަކުރަނިވި ވަޞީލަތްތައް ހެޔޮއަގުގައި ފަސޭހައިން ރާއްޖޭގައި ބޭނުންކުރުމަށް މަގުފަހި ކުރުމަށް ތައްޔާރުކުރެވިފައިވާ މެކޭނިޒަމެކެވެ.

މިނިޒާމުގެތެރެއިން ކުރިއަށްގެންދެވޭ މަޝްރޫޢުތަކުން ލިބޭކަރބަން ކްރެޑިޓްލިބޭނީ ދެފަރާތް އެއްބަސްވާ އުސޫލެއްގެ މަތީންނެވެ.

ރާއްޖެއަށްލިބޭނެ ފައިދާއަކީ ކަރބަންމަދުކުރުމަށް ބޭނުންކުރެވޭ ވަޞީލަތްތައްރާއްޖެއަށް ތަޢާރަފްކުރެވި ތެޔޮބޭނުންކުރެވޭނޭމިންވަރު މަދުކުރެވުމެވެ.

މީގެއިތުރުން މިނިޒާމުގެސަބަބުން ރާއްޖޭގައި މިމަސައްކަތްކުރައްވާ ފަރާތްތަކުގެ އިންސާނީވަޞީލަތް ތަރައްޤީވެކުރިއެރުވުމަށްވެސް އިތުރުބާރަކަށްވާނެއެވެ.

މި ބައްދަލުވުން ކުރިއަށްދާނީ އެއް ދުވަހުގެ މުއްދަތަށެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޖޭސީއެމްގެ ދަށުން ޖޭސީއެމް ޕްރޮޖެކްޓް ހިންގުމަށް އެހީތެރިވުމުގެ ގޮތުން ހަދާފައިވާ އެހީދިނުމުގެ ނިޒާމުތަކާއި ބެހޭގޮތުން އާއްމުން ހޭލުންތެރިކުރުވުމެވެ.

މި ބައްދަލުވުމުގައި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދިވެހިރާއްޖެ ހޯދާފައިވާ ކާމިޔާބީތަކާމެދު މަޝްވަރާކުރެވޭނެއެވެ. އަދި ޖޭސީއެމްގެ ދަށުން މިހާތަނަށް ހިންގާފައިހުރި މަޝްރޫއުތަކާއި އެ މަޝްރޫޢުތަސް ހިންގުމުގައި ހުރި ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

ޖަޕާނު ސަރުކާރާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގުޅިގެން ހިންގާ މަސައްކަތު ބައްދަލުވުން ކުރިއަށްގެންދާނީ 08 ސެޝަނަކަށް ބަހާލައިގެންނެވެ. އަދި މި މަސައްކަތު ބައްދަލުވުމުގެ ސެޝަންތައް ނަންގަވައިދެއްވާނީ އޭޑީބީ ގެ ބޭފުޅުންނާއި ޖަޕާނާއި ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ފަންނީ އިސްވެރިންނެވެ.

މި މަސައްކަތު ބައްދަލުވުމުގައި 50 މީހުން ބައިވެރިވެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.