
އެމް.އެން.ޑީ.އެފްގެ ”ރަންނަމާރި ހަންޓް 2019-02“
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކޮންމެ އަހަރަކު ހިންގަމުން އަންނަ އަސްކަރީ ތަމްރީން ”އެކްސަސައިޒް ރަންނަމާރި ހަންޓް 2019-02“ މި ހިނގާ ޖުލައި މަހުގެ 07 އިން 11 އަށް ލ. ގަން، ލ. ފޮނަދޫ، ލ. ކައްދޫ އަދި ލ. ކަޅައިދޫގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ތަމްރީނުގައި ހަރަކާތްތެރި ވާއިރު، ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި އެއްގަމާއި ކަނޑުގައި ބޭނުންކުރުމަށް ވަނީ ހަމަޖެހިފައިކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން އަންގައެވެ.



