ނޫނު ކަމުކާމު އެހާ ފުރިހަމަވީ ކީއްވެ؟

ސޮސައިޓީ ފޮ މާފަރު ޑިވެލޮޕްމެންޓް(އެސްއެމްޑީ) އަދި މަހަލްދީބް ފައުންޑޭޝަން ގުޅިގެން ނޫނު އަތޮޅަށް ހާއްސަކޮށްގެން ގެންދިޔަ ބޮޑު އިވެންޓް “ނޫނު ކަމުކާމު” ކާމިޔާބުކަމާއިއެކު މިދިޔަ ހަފްތާ ބަންދުގައި ނިންމާލައިފިއެވެ.
65789782 2274740069230445 6438952955130413056 o
ނޫނު ކަމުކާމު، މިހެން ބުނުމުން އުފެދޭ ސުވާލަކީ ކަމުކާމުގެ މާނައަކީ ކޮަބައިތޯއެވެ. މި އިވެންޓް ރޭވުމުގައި އެންމެ އިސްކޮށް ނޫނު އަތޮޅުން ހަރަކާތްތެރިވި އެސްއެމްޑީގެ ފަރާތުން މައުލޫމާތު ދެއްވި ގޮތުގައި ކަމުކާމު މި ބަހަކީ ބޯދާ ބަހެއްްކަމަށާއި އޭގެ މާނަ އަކީ މަޖިލިސް އެއްވެތިބޭތަން ނުވަތަ އިހުގައި މަޖިލިސްކުރަން ގަނޑުވަރުގައި ތިބޭ އަށި ކަމަށެވެ.
65235104 2615349135394158 3295029262301528064 o

އެހެންކަމުން މި މާނައާއި ގުޅުވާލައިފައި ނޫނު އަތޮޅުގެ އެކި ރަށްރަށުގައި ތަފާތު އިވެންޓްތަކެއް ރޭވިގެން ކުރިއަށްގެންދިއުމަށް މިނަން ދިނީ ކަމަށެވެ. އަދި އެސްއެމްޑީގެ ފަރާތުން އަތޮޅަށް އާންމުކޮށް އިވެންޓެއް ރޭވުމަކީ އަބަދުވެސް ގެންގުޅޭ ވިސްނުމަކަށްވެފައި އިވެންޓްގެ ސެޝަންތައް ކުރިއަށް ގެންދެވޭނެ ގޮތްތައް ބިނާވެގެން އައިސްފައިވަނީ މި އިވެންޓްގައި ބައިވެރިވި ޝެއިހުންގެ ހިޔާލާއި އެއްގޮތަށް ކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދިނެވެ.
65184299 2615679272027811 3696423131825569792 o

އިޝްތިހާރު Below Header ad

މި އިވެންޓްތައް ކުރިއަށް ގެންދެވުނު ގޮތާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން އެސްއެމްޑީގެ ރައީސް އަދި މި އިވެންޓުގެ ކޯޑިނޭޓަރު ޢަބްދުއްސައްތާރު އަލީ ވިދާޅުވީ ނޫނު އަތޮޅުގެ ބައެއް ރަށްތަކުގެ ކައުންސިލްތަކާއި ގުޅިގެން އެކި ރަށްރަށުގައި އިވެންޓްތަކެއް ގެންދެވުނު ކަމަށެވެ. އެގޮތުން މާޅެންދޫ، ކުޑަފަރި، ލަންދޫ، މަނަދޫ އަދި މާފަރުގައި ތަފާތު އިވެންޓްތަކެއް ގެންދެވުނެވެ. އޭގެ ތެރޭގައި ނަމާދު ވޯރކްޝޮޕާއި، ދަރިން ތަރުބިއްޔަތުކުރުމާއި ބެހޭ ވޯރކްޝޮޕްތަކާއި، ކިޔަވާ ކުދިންގެ އަހްލާގާއި ބެހޭ ސެޝަންތައް ހިމެނެއެވެ. މީގެ އިތުރުން މާފަރުގައި ބޮޑު ދަރުސް އަދި “ތެލަނގަ މަޖާ”ގެ ނަމުގައި ކުޑަކުދިންނަށް ހާއްސަ އިވެންޓަކާއި ޒުވާނުންނަށް ހާއްސަކޮށްގެން “ބާބެކިއު ވިތް ޝެއިހް” ގެ ނަމުގައި ބާބެކިއު އެއްވެސް ކުރިއަށް ގެންދެވުނެވެ.
65211919 2615676108694794 3784269476615159808 o 65892775 2615676895361382 8415033052576612352 o

އަދި މާފަރުގައި ބޭއްވުނު ބޮޑު ދަރުސް ދެއްވީ ޑރ. އިޔާޒްއެވެ. މީގެ އިތުރުން އައްޝެއިހް ޢަބްދުﷲ ރަޝީދާއި، އައްޝައިހް ޢަބްދުﷲ އާމިރު، އައްޝެއިހް ޝިފާން، އައްޝެއިހް އަންޞާރުގެ އިތުރުން މަދީނާ ޔުނިވަރސިޓީގައި މިހާރު ކިޔަވަމުންދާ ބައެއް ދަރިވަރުންވެސް މި އިވެންޓްތައް ކުރިއަށް ގެންދިއުމުގައި ބައިވެރިވިއެވެ.
މި އިވެންޓްގެ ފީޑްބެކް އާއި ބެހޭގޮތުން އެ ޖަމިއްޔާއިން ފާހަގަ ކުރީ ހުރިހާ ރަށެއްގެވެސް ކައުންސިލް ތަކުން ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވި ކަމަށާއި، އިވެންޓްތަކަށް އުންމީދު ކުރިވަރަށްވުރެ އިތުރަށް ރައްތަކުގެ ރައްޔިތުން ހާޒިރުވެ ބައިވެރިވި ވުމުން މި ފަދަ އިވެންޓްތައް އިތުރަށް ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެން ދިޔަ ކަމަށެވެ.
65316423 2615491005379971 2554317265403117568 o

އެސްއެމްޑީގެ ފަރާތުން ފަހު ބަހެއްގެ ގޮތުގައި ފާހަގަ ކޮށްލީ މިފަދަ ރައްޔިތުންނަށް ފައިދާތަކެއް ލިބިގެންދާނެ އިވެންޓްތަކެއް ރަށުގައި ކުރިއަށް ގެންދިއުމަށް އަދިވެސް ރާވަމުން ގެންދާ ކަމަށާއި މި އިވެންޓު ކާމިޔާބު ކަމާއި އެކީ ގެންދިއުމުގައި ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ހިއްސާ އެއް ވާކަމަށެވެ.
65385079 2615349625394109 7086337511709999104 o
އަދި އެކަމަށް ވަރަށް އިހްލާސްތެރި ޝުކުރެއް އަދާކުރާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މާފަރު ސްކޫލަށާއި މާފަރު ކައުންސިލް އިދާރާއަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށާއި މަހަލްދީބް ފައުންޑޭޝަނުން މި އިވެންޓަށް ދެއްވި އެއްބާރުލުމާއި އެހީތެރިކަން ފާހަގަ ކުރުމުގެ އިތުރުން އަވަދިނެތިކޮށް އުޅެމުންވެސް މިކަމުގައި ބައިވެރިވި ދެއްވި ކަމަށްޓަކައި އިބްރާހިމް ރަމީޒް(އިބޭ) އަށާއި އަލް ޢަސްރުގެ “ގެއްލޭނެތަ” ސިލްސިލާއިން އާންމުންގެ ސަމާލުކަން ހޯދައިފައިވާ ސަމޫހް މި ދެބޭފުޅުންވެސް ޝުކުރުގެ ލިސްޓުގައި ހިމަނަންޖެހޭ ކަމުގައި އެސްއެމްޑީގެ ރައީސް ވިދާޅުވިއެވެ.

މި ފުރިހަމަ އިވެންޓް ނިންމާލުމުގެ ގޮތުން ހުރިހާ ބައިވެރިން ވަނީ މާފަރުކަިރީގައި އޮންނަ ވައްޓަރު ނަމަކަށްކިޔާ ފަޅުރަށަކަށް ދަތުރެއް ގޮސަފައެވެ.
މި ދަތުރުގައިވަނީ ދަތުރު ގޮސް އުޅޭއިރު ވިސްނާލަންޖެހޭ ބައެއްކަންކަމަށް އަލި އަޅުވާލާ ކުރު ވީޑިއޯ މެސެޖެއް ޢާންމުންނަށް ދީފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 4 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ނ.ކަމުކާމެއް ނޫން. މާފަރު ކަމުކާމު.
    ފުރިހަމައޭ ނުކިޔާ ކުރިޔަށްއޮތްތާ ރަނގަޅު ކުރާނެކަމަށް ހީކުރަން.
    ކަމުކާމުންވެސް ލިބުނު ފިލާވަޅަކީ، މީހެއްގެ ހިންގުުންތެރިކަމުގެ ވާހަކަ އަނެކުން މާގިނައިން ދެއްކުމަކީ، އޭނާއަށް އޭނާގެ ފެންވަރު އޮޅޭ ކަމެއްކަމާއި، އޭނާ ނެތި ކަމެއް ނުކުރެވޭނެ ކަމުގައި ދެންތިބި ބަޔަކަށް ވިސްނޭ ކަމެއްކަން.

    1. Bigey heevanee kommes kamakaa hin hama nujehunee hen dhoa
      komme akas mi event v kamudhiya gona bayakah. ekan foruvaanee kihiney? komme bayaku kuriyas
      emme furihama eh nuvaene, rangalhu kuran kan kan huredhaane , kan kamaa negative visnun gengulhumaki ehaa ranaga;hu kameh noon

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.