ރ. އަތޮޅު ދުވާފަރުގައި ބީއެމްއެލްގެ ސެލްފް ސަރވިސް އޭޓީއެމް އެއް ބަހައްޓައިފި

ބޭންކް އޮފް މޯލްޑިވްސް އިން ރ. ދުވާފަރުގައި ސެލްފް ސަރވިސް އޭޓީއެމް އެއް ބަހައްޓައިފިއެވެ.

ރ. އަތޮޅު ދުވާފަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު އިފްތިތާޙު ކޮށްދެއްވި މި އޭޓީއެމްއަކީ ރާއްޖޭގައި ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ބޭންކުން ކުރަމުންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ބެހެއްޓި އޭޓީއެމް އެކެވެ.

އިޝްތިހާރު Below Header ad

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ އެންމެ މިޒަމާނުގެ ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ދުވާފަރުގައި ތައާރަފްކުރެވިގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

” މިއީ އަޅުގަނޑުމެން ކުރިއަށް ގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. މި ޕްރޮގްރާމްގެ ސަބަބުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި އެކި މުޖުތަމަޢުތަކަށް މިދަނީ މަންފާ ލިބެމުން” އެންޑްރޫ ހީލީ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ” ދުވާފަރުގެ ތަރައްޤީ އާއި ކުރިއެރުމުގައި އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް” ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އާ ބްރާންޗާއި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް ޤާއިމުކޮށް މުޅި ރާއްޖޭގައި އެ ބޭންކުގެ ޚިދުމަތް ފުޅާކުރަމުން އަންނަ އިރު، މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު  20 އަތޮޅުގައި 29 ބްރާންޗް، 76 އޭޓީއެމް، 3900 ޕީއޯއެސް މަރޗަންޓުން، 177 ކޭޝް އޭޖެންޓުން، 16 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ ވަނީ ޤާއިމު ކޮށްފައެވެ.

 

އަދި   5ދޯނި ބޭންކިންގ ޔުނިޓާއި އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ރާއްޖޭގައި ކުރަމުންދާ އިންވެސްޓްމަންޓް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ހުޅުވި މި އޭޓީއެމް އިން ޢާންމުކޮށް ފައިސާ ނެގުމާއި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފައިސާ ޖަމާކޮށް ޓްރާންސްފަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.