11 މީހުންނާއެކު ދަތުރުކުރި ސަފާރީއެއް ފަޅުރަށެއްގެ ފަރަށް އަރައިފި
11 މީހުންނާއެކު ދަތުރުކުރި ސަފާރީއެއް ފަޅުރަށެއްގެ ފަރަށް އަރައިފިކަމަށް އެމްއެންޑިއެފް އިން ބުނެފިއެވެ.
އެ އިދާރާ އިން ބުނީ “ސަންސީކަރ” ނަމަކަށް ކިޔާ ސަފާރީ އަރާފައިވަނީ ގއ. ވިލިގިނލީ ކައިރީ އޮންނަ ފަޅު ރަށެއްގެ ފަރަށް ކަމަށެވެ. އަދި އެ ހާދިޘާގެ ޚަބަރު އެމްއެންޑީއެފް ސަދަރން އޭރިއާއަށް ލިބިފައިވަނީ މިއަދު 18:10 އެހާކަންހާ އިރު ކަމަށާއި އެ ވަގުތުން ފެށިގެން އެ ސަރަޙައްދުގައި ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
މީގެ އިތުރުން އެމްއެންޑީއެފް އިން ބުނީ މިހާތަނަށް ލިބުނު މަޢުލޫމާތުން އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަން އަދިސާފުނުވާ ކަމަށެވެ. އެހެންނަމަވެސް ހާދިޘާ ހިނގި އިރު، ސަފާރީގައި ތިބީ 3 ދިވެހިންނާއި 6 ބިދޭސީން އަދި 2 ފަތުރުވެރިން ކަމަށް ބުންޏެވެ.
އެ އިދާރާ އިން ބުނީ ސަފާރީގެ ވެރިފަރާތުން އެހެން ދޯންޏެއްގެ އެހީތެރިކަން ހޯދައިގެން ސަފާރީ ފުންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.