21 އަހަރުގެ އަންހެން ކުއްޖަކު މާލެއިން ގެއްލިގެން ހޯދަނީ

21 އަހަރުގެ އަންހެން ކުއްޖަކު މާލެއިން ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ މ. ގޯބިލިގަސްދޮށުގެ، އުމުރުން 21 އަހަރުގެ އާމިނަތު ހުމައިނާ ޒަކަރިއްޔާ ކަމަށެވެ.

އިޝްތިހާރު Below Header ad

ފުލުހުން ބުނީ އޭނާ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓު ކުރީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭ 9:15 ހާއިރު ކަމަށެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

gelli

ހުމައިނާ އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ހުދުކުލައިގެ ހެދުމަކާއި ކަޅުކުލައިގެ ޖިންސެއް ކަމަށް ފުލުހުން ބުނެއެވެ.

ހުމައިނާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅައި މައުލޫމާތު ދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.