16 ހަފުތާ ފަހުން ވެސް ކޮވިޝީލްޑްގެ 2 ވަނަ ޑޯޒު ޖެހޭނެ: އެޗްއީއޯސީ

16 ހަފުތާ ފަހުން ވެސް ކޮވިޝީލްޑުގެ 2 ވަނަ ޑޯޒު ޖެހޭނެ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފި އެވެ.

ކޮވިޑުގެ މަޢުލޫމާތު ހިއްސާކުރުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ދެވަނަ ޑޯޒް ޖެހުމާއި ދޭތެރޭ 16 ހަފްތާގެ ދުރުމުން ބެހެއްޓިދާނެ ކަމަށް ޓެގް ޓީމުން ބުނެފައިވާކަމަށެވެ.

އިޝްތިހާރު Below Header ad

އެގޮތަށް ނިންމާފައިވަނީ ސްޕެއިން އާއި ކެނެޑާ ފަދަ ގައުމުތަކުގައިވެސް އަމަލުކުރާ ގޮތަށް ބެލުމަށްފަހު ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

އެ ނިންމުމާ ގުޅޭ އިތުރު މައުލޫމާތު ކުރިއަށް އޮތްދުވަސްތަކުގައި ޓެގް ޓީމުން ހިއްސާ ކުރާނެ ކަމަށް ވެސް މަބްރޫކު ވިދާޅުވި އެވެ.

މިހާރު ރާއްޖޭގައި ކޮވިޝީލްޑުގެ ވެކްސިންގެ ދެވަނަ ޑޯޒް ދެނީ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު 8-12 ހަފްތާ ފަހުންނެވެ. ނަމަވެސް ދިމާވާ ހާލަތެއްގެ ސަބަބުން އެ މުއްދަތުގައި ވެކްސިން ނުޖެހިއްޖެ ނަމަ އޭގެ ފަހުންވެސް ވެކްސިން ޖަހައިދެ އެވެ.

ކޮވިޝީލްޑް ވެކްސިން މާލޭގައި މިހާރު ދެނީ ޚާއްސަ ހާލަތްތަކުގައި އެކަންޏެވެ.

އާންމުކޮށް އެ ވެކްސިން ޖެހުން ވަނީ މެދުކަނޑާލާފައިވީނަމަވެސް ސައިނޯފާމް ވެކްސިންގެ ދެ ޑޯޒްވެސް އާންމުކޮށް ހުޅުވާލައިގެން ދެއެވެ.

ރާއްޖޭގައި ފައިޒާ ވެކްސިން 60 އަހަރުން މަތީގެ މީހުންނަށާއި ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ދޭއިރު ރަޝިއާގެ ސްޕަޓްނިކް ވެކްސިނަށް ރާއްޖެއިން މިއަދު ވަނީ ހުއްދަ ދީފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ކޮވިޝީލްގެ ފުރަތަމަ ޑޯޒު ޖެހިމީހުން ދެވަނަ ޑޯޒު ޖަހާނެގޮތެއް ނުނެދީބަލަ މަބޫ
    ދެވަނަ ޑޯޒު ހަމަކުރަންވީ ކޮންއެއްޗެއް ޖަހައިގެން

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.