
އުރީދޫއިން އެޕްއެންގޭމް ޕެކް ތަޢާރަފްކޮށްފި
އުރީދޫއިން އެޕްއެންގޭމް ޕެކްގެ ނަމުގައި މުޅިންއާ 3 ޑޭޓާޕެކް މިއަދު ތަޢާރަފްކޮށްފިއެވެ.
އިންޓަރނެޓް ބޭނުންކުރުމަށް ޑޭޓާ އެލަވަންސް، އަދި މަޤްބޫލް މޯބައިލް އެޕް ބޭނުންކުރުމަށް ވަކި ޑޭޓާ އެލަވަންސެއް ކަނޑައެޅިފައިވާ މި ޕެކްތަކަކީ ވަރަށް އެކަށޭނަ އަގުތަކެއްގައި ދިވެހިރާއްޖެއަށް މުޅިން އަލަށް ތަޢާރަފް ކުރެވުނު ޕެކް ތަކެކެވެ.
އުރީދޫ އެޕްއެންގޭމް ޕެކްތަކަކީ ސްނެޕްޗެޓް، ސައުންޑްކްލައުޑް، ކްލޭޝް އޮފް ކްލޭންސް، އަދި އައިއެމްއޯ ފަދަ ސްމާރޓްފޯން ބޭނުންކުރައްވާ ބޭފުޅުންގެ މެދުގައި މަޤްބޫލް އެޕްތައް ބޭނުންކުރުމަށް ވަކި ޑޭޓާ އެލަވަންސެއް އެކުލެވިގެންވާ ޕެކް ތަކެކެވެ. މިއަދު ތަޢާރަފް ކުރެވުނު ޕެކްތަކަކީ:
- 159 ރުފިޔާއަށް 1.5ޖީބީ: އެޕްތައް ބޭނުންކުރެއްވުމަށް 711 އެމްބީ، އަދި އުރީދޫ ނަމްބަރުތަކަށް ގުޅުއްވުމަށް 50 މިނެޓް
- 259 ރުފިޔާއަށް 4ޖީބީ: އެޕްތައް ބޭނުންކުރެއްވުމަށް 1 ޖީބީ، އަދި އުރީދޫ ނަމްބަރުތަކަށް ގުޅުއްވުމަށް 150 މިނެޓް
- 359 ރުފިޔާއަށް 8ޖީބީ: އެޕްތައް ބޭނުންކުރެއްވުމަށް 2 ޖީބީ، އަދި އުރީދޫ ނަމްބަރުތަކަށް ގުޅުއްވުމަށް 250 މިނެޓް
އުރީދޫ އެޕްއެންގޭމް ޕެކްތަކަކީ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ޕެކްތަކެކެވެ. ޒުވާނުންގެ މެދުގައި މަޤްބޫލް ސްނެޕްޗެޓް އަދި އައިއެމްއޯ މެދުވެރިކޮށް ރައްޓެހިންނާ މުޢާމަލާތް ކުރައްވާ ބޭފުޅުން، ސައުންޑްކްލައުޑް މެދުވެރިކޮށް މިޔުޒިކް ސްޓްރީމް ކުރައްވާ ބޭފުޅުން، އަދި ފޯރިގަދަ ސްމާރޓްފޯން ގޭމް ކްލޭޝް އޮފް ކްލޭންސް ކުޅުއްވާ ބޭފުޅުންނަށް މިޕެކްތަކަކީ ވަރަށް އެކަށޭނަ ޕެކްތަކެކެވެ. އެޕްއެންގޭމް ޕެކްތަކުގެ ކޮންމެ ޕެކެއްވެސް 30 ދުވަހުގެ މުއްދަތަށް ބޭނުން ކުރެއްވޭނެއެވެ.
އާ ޚިޔާލުތަކާއި އުފެއްދުންތަކުގެ މައްޗަށް ބިނާކޮށް ކަސްޓަމަރުންނަށް، އަދި ވަކިން ޚާއްޞަކޮށް ސްމާރޓްފޯން ބޭނުން ކުރައްވާ ބޭފުޅުންނަށް އެކަށޭނަ ޚިދުމަތްތައް ތަޢާރަފްކުރުމަށް އުރީދޫއިން އަބަދުވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
މިގޮތުން ނިމިދިޔަ ހަފްތާގައި އުރީދޫއިން ވަނީ މަޤްބޫލް މިޔުޒިކް ސްޓްރީމިންގ އެޕް ލަވަފޮށި އާއި ގުޅިގެން ލަވަފޮށި ޕްރިމިއަމް ތައާރަފްކޮށްފައެވެ.
މި ޕާރޓްނަރޝިޕާއެކު އުރީދޫގެ ކަސްޓަމަރުންނަށް ލަވަފޮށި ޕްރިމިއަމް މުޅިން ހިލޭ ބޭނުންކުރުމުގެ ފުރުސަތު ލިބި، ސްމާރޓް ފޯންތަކަށް އެންމެ ފުރިހަމަ އުރީދޫ 4G+ ނެޓްވާރކްގައި، މިއުޒިކް އޭގެ އެންމެ ފުރިހަމަގޮތުގައި ތަޖުރިބާކޮށްލާ، އެންމެ ކަމުދާ ލަވަތައް ހައި ކޮލިޓީގައި އެއްވެސް އިޝްތިހާރަކާނުލާ އޮފްލައިންކޮށްވެސް އަޑުއަހާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.



