ޑިމޮކްރެސީ ދުވަސް ފާހަގަ ކުރުމަށްޓަކައި ބާއްވާ ”ޑިމޮކްރެސީ ރަން ބާއްވަނީ

2017 ސެޕްޓެންބަރު 15 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ޑިމޮކްރެސީ ދުވަސް ކަމަށް ވާތީ އެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން އިންތިޒާމްކޮށްގެން ”ޑިމޮކްރެސީ ރަން 2017“ ގެ ނަމުގައި ޙަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޙަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2017 ސެޕްޓެންބަރު 15 ވާ ހުކުރު ދުވަހުގެ 16:00 އިން 17:00 އަށް ކ. ހުރާގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިހަރަކާތް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ، ޑިމޮކްރެސީއާ ގުޅިގެން ކ. ހުރާގެ ރައްޔިތުންނާއި، ކ. ހުރާ ސްކޫލުގެ ދަރިވަރުން ޑިމޮކްރެސީއަށް ހޭލުންތެރިކުރުވުމާއި، މީޑިއާތަށް މެދުވެރިކޮށް ރާއްޖޭގެ ވީހާވެސް ގިނަ ރައްޔިތުންނަށް ޑިމޮކްރެސީއާއި ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

ޑިމޮކްރެސީ ރަން 2017 ގައި ދައުލަތުގެ އެކި މިނިވަން މުއައްސަސާތަކުންނާއި، އިލެކްޝަންސް ކޮމިޝަނުގެ ހުރިހާ މުވައްޒަފުންގެ އިތުރުން، ކ.ހުރާ ސްކޫލުގެ ދަރިވަރުންނާއި، ކ.ހުރާ ސިއްހީ މަރުކަޒުގެ މުވައްޒަފުންނާއި، މާލެ އަތޮޅު ހުރާ ކައުންސިލްގެ އިދާރާގެ މުވައްޒަފުން ބައިވެރިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.