
އެސްޓީއޯ ސުޕަމާރޓުުން ވިއްކަމުންދާ ޑެވޮންޑޭލް ހޯލްސޭލްކޮށް ވިއްކާ އަގު ހެޔޮކޮށްފި.
އެސްޓީއޯ އިން ރާއްޖެ އެތެރެކޮށް ވިއްކަމުންދާ އޮސްޓްރޭލިޔާގެ ނަމްބަރ 1 މިލްކް ބްރޭންޑް ކަމަށްވާ ޑެވޮންޑޭލް ހޯލްސޭލް ކޮށް ވިއްކަމުންދިޔަ އަގު ހެޔޮ ކޮށްފިއެވެ.
ޑެވޮންޑޭލްއަކީ މިހާރުވެސް ވަރަށް ގިނަ ގޭބީސީ ތަކުން ކޭހުން ގަންނަ ޕްރޮޑަކްޓެކެވެ. މިއަގަށް ގެނެވުނު ބަދަލާއި އެކު ހޯލްސޭލްކޮށް އަދި ރީޓޭލް ކުރައްވާ ފަރާތްތަކަށް ވެސް 25 ރުފިޔާއަށް ކަސްޓަމަރުންނާއި ހަމައަށް ޑެވޮންޑޭލް ފޯރުކޮށް ދިނުމުގެ މަގު ފަހިވެގެންދާނެއެވެ.
އެސްޓީއޯއިން ޑެވޮންޑޭލްގެ ހިކި ކިރު އަދި ދިޔާކިރު (ޔޫއެޗްޓީ މިލްކް) ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެއެވެ. ޑެވޮންޑޭލް ގެ ހިކިކިރުގެ ދެބާވަތަކީ ސްކިމްމިލްކާއި ފުލްކުރީމެވެ.
ޑެވޮންޑޭލް އަކީ އޮސްޓުރޭލިޔާގެ ނަމްބަރ ވަން ޔޫއެޗްޓީ މިލްކްގެ އިތުރުން ރާއްޖޭގައިވެސް އެންމެ އިތުބާރު ލިބިފައިވާ އަދި ރާއްޖޭގެ ގިނަ ބަޔަކު ބޭނުން ކުރަމުންދާ މިލްކް ބްރޭންޑެކެވެ. އެގޮތުން ދިޔާ ކިރުގެ 8 ބާވަތެއް ލިބެން ހުރެއެވެ. ދިޔާ ކިރުގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ :
- ފުލް ކްރީމް
- ސެމީ ސްކިމް
- ސްކިމް މިލްކް (9% ފެޓް ފުރީ)
- ސްމާޓް މިލްކް
- ސްމާޓް ޕްލަސް
- ޕޮއިންޓް ވަން
- ބަރިސްޓާސް ފްރޮތިން
- މޫ މިލްކް (ޗޮކޮލެޓް ފްލޭވަރ)
ޑެވޮންޑޭލްއަކީ ސިއްހީ އެކި އެކި ބޭނުންތަކަށް އެންމެ ގިނަ ބާވަތްތައް ހުންނަ މިލްކް ރޭންޖެވެ. މީގޭ ތެރޭގައި ސިއްހަތަށް ބައްލަވައިގެން އުޅުއްވާ ބޭފުޅުންނާއި އަދި ޑައިޓް ކުރައްވާ ބޭފުޅުންނަށް ހާއްސަ 99.9% ފެޓް ފުރީ ”ސްކިމް މިލްކް“، ކޮލަސްޓްރޯލް ގެ އިންޓޭކަށް ބައްލަވައި އަދި ކަސްރަތުކުރައްވަވާ، ކަށި ވަރުގަދަ ކުރުމަށް ބޭނުންވާ ބޭފުޅުންނަށް ހާއްސަ 99.9 % ފެޓް ފުރީ އަދި ކެލްސިއަމް އިން ފައްކާ ކުރެވިފައިވާ ”ޕޮއިންޓްވަން“، ހަކަތަ އިތުރުކޮށް ވިޓަމިންސް ބޭނުންވާ ފަރާތްތަކަށް ހާއްސަ ވިޓަމިން ސީ، ވިޓަމިން ޑީ އާއި އަޔަން އަދި ކެލްސިޔަމް އެކުލެވިގެންވާ ”ސުމާރޓް ޕްލަސް“، ސުކޫލް ކުދިންނަށް ހާއްސަ އާޓީފިޝަލް ރަހަތަކާއި ޕުރިޒަވޭޝަންސް ބޭނުން ނުކޮށް ކެލްސިއަމް އާއި ޕްރޮޓީން އެކުލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޗޮކްލެޓް ޑްރިންކް ”މޫ“ ހިމެނެއެވެ.
އެސްޓީއޯއަކީ ވޭތިވެދިޔަ 20 އަހަރު ޑެވޮންޑޭލްގެ އޮތޮރައިޒްޑް ޑިސްޓުރިބިއުޓާރގެ ގޮތުގައި ޑެވޮންޑޭލް ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ފަރާތެވެ. އަދި ޑެވޮންޑޭލް އެސްޓީއޯގައި ސްޓޯރ ކުރެވިފައިވާނީ އުފުލައި ގެންގުޅުމުގައި ބަލަންޖެހޭ މިންގަޑު ތަކަށް ބަލާ ސްޓޯރ ކުރުމަށް ކަޑައެޅިފައިވާ މިންގަޑާއި އެއްގޮތަށެވެ. ވުމާއިއެކު، މިހާރު ރާއްޖޭގެ ބާޒާރުގައި ބައެއް އަމިއްލަ ފަރާތްތަކުން ޑެވޮންޑޭލް އެތެރެކޮށް މިދެންނެވި މިންގަޑާއި ހިލާފަށް ސްޓޯކުރެވި ރާއްޖޭގެ ބާޒާރުގައި ވިއްކަމުންދާތީ ޑެވޮންޑޭލް ބައްލަވައިގަންނަވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށާއި، ހޯލްސޭލްކޮށް ޑެވޮންޑޭލްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ ކަމުގައިވާ އެސްޓީއޯ ސުޕަރމާޓް އިންބައްލަވައި ގަތުމަށް އެސްޓީއިން އިލްތިމާސްކުރެއެވެ.
ޑެވޮންޑޭލް ހޯލްސޭލް އަގުގައި އެސްޓީއޯ ސްޕަމާރޓް، ހޯލްސޭލް ސެންޓަރ އަދި ރީޖަނަލް ފިހާރަތަކުންވެސް ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެއެެވެ.



