ފަސޭހަ ހޯމް ބްރޯޑްބޭންޑާއި އެކު، އުރީދޫގެ ބްރޯޑްބޭންޑު ޚިދުމަތް މުޅި ރާއްޖެއަށް!

ފަސޭހަ ހޯމް ބްރޯޑްބޭންޑް ތައާރަފްކުރުމާއި އެކު، އުރީދޫގެ ބްރޯޑްބޭންޑް ޚިދުމަތް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް މިއަދު ފުޅާވެގެންގޮސްފިއެވެ.

”އުރީދޫ އަށް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ލައިސަންސް ލިބުމާއި އެކު، އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ، ރާއްޖޭގެ އެކި ހިސާބުތަކުގައިވާ އާއިލާތަކާއި ވިޔަފާރިތަކަށް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ފޯރުކޮށްދީ، އެ ޚިދުމަތުގެ ގިނަގުނަ ފައިދާތަކާއި ގުޅުވާލަދިނުން. މިއަދު، ރާއްޖޭގެ އެންމެހާ ހިސާބުތަކަށް ހޯމް ބްރޯޑްބޭންޑުގެ ޚިދުމަތް ތައާރަފްކުރުމާއި އެކު، ޑިޖިޓަލް ދިވެހިރާއްޖެ އެއް ގާއިމްކުރުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެން ދިޔުމީ، އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު ފަޚުރެއް. ފަސޭހަ ހޯމް ބްރޯޑްބޭންޑު ފަރުމާކުރެވިފައި ވަނީ ކޮންމެ ބޭފުޅަކަށްވެސް، ޚިދުމަތް ހޯދުމުގެ ފުރުސަތު ފޯރުކޮށްދިނުމުގެ އަމާޒާއި އެކު، މާކެޓުގައި އެންމެ އަގުހެޔޮ ރޭޓު ތަކުގައި. ފަސޭހަ ހޯމް ބްރޯޑްބޭންޑް މެދުވެރިކޮށް ކަސްޓަމަރުންނަށް ގިނަ ފައިދާ ތަކާއި ފުރުސަތުތައް ލިބިގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް. އަދި އަޅުގަނޑުމެންގެ އުއްމީދަކީ އެބޭފުޅުންގެ މަސައްކަތްތަކާއި އުންމީދުތަކާއިގެން ކުރިއެރުމުގައި، މި ޚިދުމަތް އެހީތެރިވެދިނުން.“ އުރީދޫގެ ސީއީއޯ، ނަޖީބް ޙާން ވިދާޅުވިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ނަމުން ވެސް ދޭހަވެގެންދާ ފަދައިން، ފަސޭހައިން ބޭނުންކުރެވޭ، ހަލުވި، އަދި އަގުހެޔޮ ބްރޯޑްބޭންޑް ޚިދުމަތެއް ބޭނުންވާ ފަރާތްތަކަށް، ފަސޭހަ ހޯމް ބްރޯޑްބޭންޑަކީ ވަރަށް ފުރިހަމަ ޙައްލެކެވެ. މިގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގައިވާ އުރީދޫ އެކްސްޕީރިއަންސް ސެންޓަރު ތަކުން، މި ޚިދުމަތް ބައްލަވައިގަނެވޭނެ އެވެ. އަދި ޚިދުމަތް ފޯރުކޮށްދެވޭނީ، ކަސްޓަމަރަށް ލިބޭއިރުވެސް ސެޓަޕް ފުރިހަމަ ކޮށް، އެކްޓިވޭޑް ކޮށްފައިވާ ރައުޓަރ އެއް މެދުވެރިކޮށެވެ. މިގޮތުން، މިނިޓެއް ތެރޭގައި ވެސް، ގެއަށް ޕްލަގް ކޮށް، ފަސޭހަކަމާއި އެކު ހަލުވި ސްޕީޑްގެ އިންޓަނެޓް ބޭނުންކުރަން ފޭށޭނެއެވެ.

އެކި އާއިލާތަކުގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށް، އުރީދޫ އިން ވަނީ 10 އެމްބީޕީއެސް އާއި ހަމައަށް ސްޕީޑް ލިބޭ، ތަފާތު ތިން ޕެކޭޖެއް ތައާރަފްކޮށްފައެވެ:

ޕެކޭޖްއަގު (ރފ.)ޑޭޓާ އެލަވަންސް
ހޯމް ބްރޯޑްބޭންޑް 50699.0050 ޖީބީ
ހޯމް ބްރޯޑްބޭންޑް 1201،099.00120 ޖީބީ
ހޯމް ބްރޯޑްބޭންޑް 1801،549.00180 ޖީބީ

 

ޕެކޭޖުގެ ވެލިޑިޓީ ޕީރިއަޑުތެރޭގައި، ލިބިފައިވާ ޑޭޓާ އެލަވަންސް ހުސްވިކަމުގައި ވިއަސް، އެއްވެސް އިތުރު ޗާޖަކާއި ނުލާ، ދަށް ސްޕީޑެއްގައި ބްރޯޑްބޭންޑް އިންޓަނެޓް ބޭނުންކުރެވޭނެއެވެ. ހަމައެއާއި އެކު، ފަސޭހަ ބޫސްޓާރ އެއް ޚިޔާރުކޮށްގެން، ޑޭޓާ އެލަވަންސް އިތުރު ކުރެވޭނެއެވެ.

ޕެކޭޖްއަގު (ރފ.)ޑޭޓާ އެލަވަންސް
ހޯމް ބޫސްޓަރ100.007 ޖީބީ

 

www.ooredoo.mv އަށް ޒިޔާރަތް ކުރައްވައިގެން، ނުވަތަ 929 އަށް ގުޅާލެއްވުމުންވެސް، ފަސޭހަ ހޯމް ބްރޯޑްބޭންޑް އާއި ބެހޭ އިތުރު މައުލޫމާތު ލިބޭނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.