މިދިޔަ މަހު ރާއްޖޭގެ އިމްޕޯޓު އަދި އެކްސްޕޯޓު މައްޗަށް ހިނގައްޖެ

ފާއިތުވި ޖުލައިމަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2016 ވަނަ އަހަރުގެ ޖުލައިމަހާ އަޅާބަލާއިރު 24% އިތުރުވެއްޖެއެވެ.

މިދިޔަ އަހަރުގެ ޖުލައިމަހު ދިވެހިރާއްޖެއަށް 2.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ ޖުލައިމަހު މި ޢަދަދުވަނީ 3.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އިމްޕޯޓްކުރި މުދަލުގެ އަގުގެގޮތުން %15 ސިންގަޕޫރުން އިމްޕޯޓްކޮށްފައިވާއިރު، ޗައިނާ އަދި އެކުވެރި އަރަބި އިމާރާތުން %14، އިންޑިއާއިން %13 އަދި %7 މެލޭޝިޔާއިން ވަނީ އެތެރެކޮށްފައިވެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2016 ވަނަ އަހަރުގެ ޖުލައިމަހާ އަޅާބަލާއިރު ހުސްވި ޖުލައިމަހު %20 އިތުރުވެފައެވެ. މިއަހަރު ޖުލައިމަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 252 މިލިއަން ރުފިޔާ ލިބިފައިވާއިރު 2016 ވަނަ އަހަރުގެ ޖުލައިމަހު ލިބިފައިވަނީ 210 މިލިއަން ރުފިޔާއެވެ.

ފާއިތުވި ޖުލައިމަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ މިދިޔަ އަހަރުގެ ޖުލައިމަހާ އަޅާބަލާއިރު %29 މައްޗަށް ގޮސްފައިއެވެ. 2016 ވަނަ އަހަރުގެ ޖުލައިމަހު 157 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު 2017 ވަނައަހަރުގެ މިމުއްދަތުގައި މިޢަދަދު ވަނީ 202 މިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައިއެވެ.

ދިވެހިރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތައްކަމަށްވާއިރު މިދިޔަ ޖުލައިމަހު އެކްސްޕޯޓްކުރި މުދަލުގެ %43 އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ.

މިމަޢުލޫމާތާއިގުޅޭ އިތުރު ތަފްސީލް ”މަންތްލީ ސްޓެޓިސްޓިކްސް“ ޝީޓުން ލިބެންހުންނާނެއެވެ. މި ޝީޓް ކަސްޓަމްސްގެ ވެބްސައިޓް (www.customs.gov.mv) ގެ ޑައުންލޯޑްސް (ޕަބްލިކޭޝަން) ގައި ޝާއިޢުކުރެވިފައިވާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.