
ހައްޖުމަހުގެ ހަނދުބެލުން ސައުދީގައި ހޯމަ ދުވަހު…
ހައްޖުމަހުގެ ހަނދުބެލުން ސައުދީގައި ހޯމަ ދުވަހުގެ އިރުއޮއްސޭ ވަގުތު ބޭއްވުމަށް ނިންމައިފިއެވެ.
އެ ޤައުމުގެ ސްޕްރީމް ކޯޓުން އެ ޤައުމުގެ ރައްޔިތުންނަށް އަންގާފައިވަނީ ޛުލްހައްޖު މަހުގެ ހަނދު ފެނޭތޯ ވީހައި ގިނަ ސައުދީ ރައްޔިތުން ހޯމަ ދުވަހު އިރުއޮއްސޭ ވަގުތު ބަލައިދިނުމަށް އެދޭ ކަމަށެވެ.
އެކަމަށް އޮންނަ ޝަރުޠުތަކުގެ މައްޗަށް ބަލައިގެން ސައުދީގެ ސްޕްރީމް ކޯޓުން ކޮންމެ އަހަރަކުވެސް އަންނަނީ ހައްޖުމަހުގެ ހަނދު ބަލަމުންނެވެ. އެއީ ރަމަޟާން މަހަށް ގޮތް ނިންމާ ފަދައިންނެވެ.
ޛުލްހައްޖާ މަހުގެ ފުރަތަމަ ދުވަސްކަމުގައި ރާއްޖޭގެ ކަލަންޑަރުގައި ބުނެފައިވަނީ އަންނަ ބުދަ ދުވަސް ނަމަވެސް މިކަން ކަށަވަރުވެގެންދާނީ ސައުދީ ސްޕްރީމް ކޯޓުން ނިންމާ ނިންމުމުންނެވެ.



