ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި އިންޑިއަން އެމްބަސީ ގުޅިގެން މަޢުލޫމާތާއި ތަޖްރިބާ ބަދަލުކުރުމުގެ ސެޝަނެއް ބާއްވައިފި.

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގައި މިއަދު ބޭއްވި މި ސެޝަނުގައި މަޢުލޫމާތު ދެއްވީ ދެކުނު އިންޑިޔާގެ ލާމަރުކަޒީ ނިޒާމުގެ ތަޖްރިބާކާރެއް ކަމުގައިވާ ސަތިޔަޖީތް ރާޖަން އެވެ.

ސަތިޔަޖީތް އަކީ ކެރެލާގެ ޕަރސަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ރިފޯމްސްގެ ޕްރިންސިޕަލް ސެކެޓްރީގެ އިތުރުން ކެރެލާގެ އިންސްޓިޓިއުޓް އޮފް މެނޭޖްމެންޓް އިން ގަވަރަމެންޓުގެ ޑިރެކްޓަރ ޖެނެރަލް ވެސް މެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ސެޝަނުގައި ސަތިޔަޖީތް ވަނީ އިންޑިޔާގެ، ޚާއްޞަކޮށް ދެކުނު އިންޑިޔާގައި ލާމަރުކަޒީ ނިޒާމު ހިނގަމުންދާ ގޮތާއި، އިންޑިޔާގެ މި ތަޖްރިބާއިން ރާއްޖެއަށް ބޭނުން ހިފިދާނެ މުހިންމު ކަންތައްތައް ފާހަގަކުރައްވާ އެކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވާފައެވެ. ސަތިޔަޖީތުގެ ވާހަކަފުޅުގައި، ރާއްޖެއަށް މިފަހަރު ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންނެވި ކަމަށާ، މިގޮތުން ރާއްޖޭގެ ރަށްރަށުގައި ކުނި މެނޭޖްކުރުން ފަދަ މަސައްކަތްތައް ކުރިޔަށް ގެންދާ ފުރިހަމަކަން ފާހަގަކުރެއްވިއެވެ.

މި ސެޝަން ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝަން މިޝްރާ ވިދާޅުވީ ރާއްޖެއާ އިންޑިޔާއާ ދެ ޤައުމުގެ އާބާދީއާ އަދި ބިމުގެ ސައިޒުގައި ކިތަންމެ ބޮޑު ފަރަގެއް ހުރި ނަމަވެސް، ދެ ޤައުމުގެ ވެސް ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކުރިމަތި ވަނީ ދާދި އެއްގޮތް މައްސަލަތަކެއް ނުވަތަ ގޮންޖެހުންތަކެއް ކަމަށެވެ. އެހެންނަމަވެސް ރާާއްޖެއާ އިންޑިޔާއަކީ ކޮންމެ ޤައުމެއްގެ ވެސް އެޤައުމަކަށް ޚާއްޞަ ކަންތައްތަކެއް އެކުލެވޭ ދެ ޤައުމުކަމަށާ އެހެން ކަމުން ދެ ޤައުމުން ގުޅިގެން އެކި ދާއިރާތަކުން މަޢުލޫމާތު ޙިއްޞާކުރުމުގެ ސެޝަންތައް ބޭއްވުމަކީ އެކަމުގެ ފައިދާ ދެޤައުމަށް ވެސް ވަރަށް ބޯޑަށް ކުރާނެކަން ސަފީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ސެޝަން ފެށުމުގެ ރަސްމިއްޔާރުގައި އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ލައިބްރަރީއަށް ފޮތްތަކެއް ހަދިޔާކުރައްވާފައެވެ. ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން މި ފޮތްތަކާ ހަވާލުވެވަޑައިގެންނެވީ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމެވެ. މި ފޮތްތަކާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ޑރ. ޢަލީ ޝަމީމު ދެއްކެވި ވާހަކަފުޅުގައި އިންޑިޔާއަކީ އެކި ދާއިރާތަކުން ރާއްޖޭގެ ތަރައްޤީއަށް ގިނަގުނަ އެހީތައް ފޯރުކޮށްދެއްވާާ އަވަށްޓެރި ޤައުމެއްކަން ފާހަގަކުރައްވާ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓަށް މި ވެދެއްވި އެހީތެރިކަމަށްޓަކައި އިންޑިޔާ ސަރުކާރަށާއި ސަފީރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓްގައި ހިންގާ އެކިކޯސްތަކުގެ ޒަރީއާއިން މި ފޮތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ލިބިގެންދިއުމަށް މަޤުފަހިކޮށްދެއްވާނެކަމަށް ޑރ. ޢަލީ ޝަމީމު ވިދާޅުވިއެވެ.

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިއުޓްގައި މިއަދު ބޭއްވުނު މި ސެޝަނުގައި ސިވިލް ސަރވިސްގެ އެކި އިދާރާތަކުން ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.