
ކޮއިން ޑިސްޕެންސިވް ވެންޑިން މެޝިނެއް އެމްއެމްއޭ އިން ތަޢާރަފްކޮށްފި
ކޮއިން ޑިސްޕެންސިވް ވެންޑިން މެޝިނެއް އެމްއެމްއޭ އިން ތަޢާރަފްކޮށްފިއެވެ.
ޢާންމުންނަށް ވަކިލާރި ލިބޭނޭ މަގު ފަހިކޮށްދިނުމުގެ ގޮތުން ތަޢާރަފްކުރި މި މެޝިން ތަޢާރަފްކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމްއެވެ.
ކުރިން 8:30 އިން 11:00 އަށް ވަކިލާރި ލިބެން ހުރިނަމަވެސް މިހާރު ރަސްމީ ގަޑިތަކުގައި މި މެޝިނުން ވަކިލާރި އާންމުންނަށް ލިބެން ހުންނާނެއެވެ. އަދި ކުރިޔަށް އޮތްތަނުގައި ކޮއިން ޑިޕޮސިޓް މެޝިން ބެހެއްޓުމުގެ މަސައްކަތްވެސް ކުރަމުން އަންނަ އެމްއެމްއޭ އިން ބުންޏެވެ.



