އުރީދޫގެ 12 ވަނަ އަހަރީ ދުވަހު, 2017ވަނަ އަހަރުގެ ދެވަނަ ކުއާޓަރ ގެ ކާމިޔާބީ ޙިއްސާކޮށްފި

އުރީދޫގެ 12 ވަނަ އަހަރީ ފާހަގަކުރަމުން, 2017ވަނަ އަހަރުގެ ދެވަނަ ކުއާޓަރ ގެ ކާމިޔާބީ އެކުންފުނިން ޙިއްސާކޮށްފިއެވެ.

”1 އޮގަސްޓް 2005 ވަނަ ދުވަހު، ދިވެހިރާއްޖޭގައި އުރީދޫ ފެށިގެންދިޔައީ، ވަރަށް މުހިންމު ތަސައްވުރަކާއިއެކު.  ބާރައަހަރު ފަސްވެ، ހީވެސް ނުކުރާހާ ކުރިއެރުން ކުންފުންޏަށް ލިބިފައިވާ އިރު، އަޅުގަނޑުމެންގެ މަސައްކަތް އަދިވެސް ކުރިއަށްދަނީ ހަމަ މި ތަސައްވަރާއި އެކު. އެއީ ފަހުގެ އުފެއްދުންތެރި ޚިދުމަތްތަކާއި، ބައިނަލްއަޤްވާމީ މުވާސަލާތީ ޓެކްނޮލޮޖީތައް މެދުވެރިކޮށް، ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުން.  ދިވެހި ޤައުމަށް ކޮށްދެވުނު ޚިދުމަތްތަކަށް ބެލިކަމުގައިވިއަސް، ނުވަތަ ކުންފުނީގެ ކުރިއެރުމަށް ބެލިއަސް، ފާއިތުވެގެން މި ދިޔައީ އުރީދޫ އަށް ތާރީޚީ އަހަރެއް. މިގޮތުން، 2016 އާއި އަޅާކިޔާއިރު، ވަރަށް ފާހަގަކުރެވޭފަދަ ކުރިއެރުމަކާއި އެކު، 2017 ގެ ދެވަނަ ކުއާޓަރގައި ކުންފުނި ވަނީ އިތުރު ކާމިޔާބީ ތަކެއް ހޯދާފައި.“ އުރީދޫގެ ސީއީއޯ ނަޖީބް ޙާން ވިދާޅުވިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަހަރުގެ ފުރަތަމަ ހަމަހުގެ ތެރޭގައި އުރީދޫގެ ކަސްޓަމަރ ބޭސް ވަނީ %8 އިތުރުވެ، ކަސްޓަމަރުންގެ ޖުމްލަ 400،000 އަށް އަރާފައެވެ. ހަމައެހެންމެ، %15 ކުރިއެރުމަކާއި އެކު، އުރީދޫގެ އާމްދަނީ ވަނީ 801.9 މިލިއަން ރުފިޔާއިން،  921.4މިލިއަން ރުފިޔާ އަށް އިތުރުވެފައެވެ. އަދި 442.1 މިލިއަން ރުފިޔާ އިން 526.8 މިލިއަން ރުފިޔާއަށް އިތުރުވެ، އެބިޓްޑާވެސް ވަނީ %19 އިތުރުވެފައެވެ. މިދިޔަ އަހަރުގެ، ހަމަ މި މުއްދަތާއި އަޅާކިޔާ އިރު، އުރީދޫގެ ސާފު ފައިދާ ވަނީ %21 އިތުރުވެ، 250.6 މިލިއަން ރުފިޔާ އިން 303.4 މިލިއަން ރުފިޔާގެ ފައިދާ އެއް ލިބިފައެވެ.

”ފާއިތުވެދިޔަ ބާރަ މަސްދުވަހުގެ ތެރޭގައި އުރީދޫގެ އެންމެ ފާހަގަ ކުރެވޭ ލަނޑުދަނޑި އަކީ، ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އަދި ކާމިޔާބު އައިޕީއޯއަށް ފަހު، ރާއްޖޭގެ އެކި ހިސާބުތަކަށް ބެހިފައިވާ، ގިނަ އަދަދެއްގެ ޙިއްސާދާރުންނަށް މަރުޙަބާ ކިޔުމުގެ ފުރުސަތު ލިބުން. އަޅުގަނޑުމެންގެ އައު ޕާޓްނަރުންގެ އެއްބާރުލުމާއި އެކު، ރާއްޖޭގައި އުރީދޫގެ ކާމިޔާބު ދަތުރު އައު ހަރުފަތަކަށް ގެންގޮސް، އަޅުގަނޑުމެންގެ ލޮބުވެތި ކަސްޓަމަރުންގެ ހަޔާތަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުން.“ އުރީދޫގެ ބޯޑްގެ ޑައިރެކްޓަރ، އަލްއުސްތާޛާ ދީނާ ހުސައިން ވިދާޅުވިއެވެ.

ކުރީގެ އަހަރުތަކެކޭ އެއްފަދައިން، މި އޮގަސްޓް މަސްވެސް ވެގެންދާނީ ދިވެހިރައްޔިތުންނާއި އެކު އުރީދޫގެ އަހަރީދުވަސް ފާހަގަ ކުރުމަށްޓަކައި ޚާއްސަ ހަރަކާތްތަކެއް ހިމެނިގެންދާނެ މަހަކަށެވެ. މީގެ ތެރޭގައި، އުރީދޫގެ ވަފާތެރި އަދި އައު ކަސްޓަމަރުންނަށް ހާއްސަ އޮފަރ ތަކާއި، މުޖުމަތަމައު އަށް ފައިދާ ހުރި ސީއެސްއާރް ގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތަކެއް ވެސް ހިމެނިގެން ދާނެއެވެ.

ދުނިޔެ އިތުރަށް ތަރައްޤީވެ، ޑިޖިޓަލް ޓެކްނޮލޮޖީތަކާއި އުފެއްދުންތައް ތައާރަފްވަމުންދާ އިރު، އުރީދޫ އިން މަސައްކަތް ކުރަމުންދާނީ މި ޓެކްނޮލޮޖީތައް މެދުވެރިކޮށް ލިބޭ ކުރިއެރުމާއި ފުރުސަތުތައް، އަޅުގަނޑުމެންގެ ދިވެހިރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.