
ކަރެކްޝަނަލް ސަރވިސްއަށް ނަރުހުން ހޯދަނީ..
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޖަލުތަކުގައި މަސައްކަތްކުރުމަށް ނަރުހުން ހޯދުމަށް އިއުލާންކޮށްފިއެވެ.
އެމްސީއެސްއިން ކުރި އިއުލާންގައި ވަނީ ދެ ނަރުހުން ބޭނުންވާ ކަމަށާއި މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ސަރުކާރުން ގަބޫލުކުރާ އިންސްޓިޓިއުޓެއްގައި ނަރސިންގ ޑިޕްލޮމާ ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވުން ނުވަތަ ދިވެހި ސަރުކާރުން ގަބޫލުކުރާ އިންސްޓިޓިއުޓެއްގައި ޑިޕްލޮމާ އިން ނަރސިންގ އެންޑް މިޑް-ވައިފަރީ ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތްކުރުމުގެ ހުނަރު/ގާބިލުކަން ސާބިތުކޮށްދިނުން ހިމެނެއެވެ.
އަދި މި ދެ މަގާމަށް ހޮވޭ ފަރާތްތައް މަސައްކަތް ކުރަން ޖެހޭނީ މާފުށީ ޖަލުގައި ނޫނީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ކަމަށާއި ސުންގަނޑިއަކީ 23 ފެބްރުއަރީ 2017 ވާ ބުރާސްފަތި ދުވަސްކަމަށެވެ.
މި މަގާމުގެ އިއުލާން ވަނީ އެމްސީއެސްގެ ވެބްސައިޓް www.corrections.gov.mv ގައި އާއި ދިވެހިރާއްޖޭގެ ގެޒެޓް http://www.gazette.gov.mv/ ގައި ޝާއިއުކުރެވިފައެވެ. މި މަގާމަށް އެދިލައްވާ ފަރާތްތަކުން، އެ ފަރާތްތަކުގެ ވަނަވަރާއި ތައުލީމީ ސެޓްފިކެޓްތަކާއި ތަޖުރިބާ ހޯދާފައިވާ ތަންތަނުގެ ސިޓީގެ އިތުރުން އައިޑީ ކާޑު ކޮޕީ (ދިވެހީންނަމަ) ނުވަތަ ކުލައިން ސްކޭންކޮށްފައިވާ ޕާސްޕޯޓް ކޮޕީ (ބިދޭސީންނަމަ) hr@corrections.gov.mv އަށް މެއިލްކުރެއްވުމަށްވެސް ވަނީ އެދިފައެވެ.



