އެޑިއުކޭޝަން މިނިސްޓަރ ’ބެޓް ލަންޑަން އެގްޒިބިޝަން‘ ބައްލަވާލައްވައިފި

މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހަކަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޝިހާމް ލަންޑަނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މިމަހުގެ 25 އަދި 26 ވަނަ ދުވަހު އެކްސެލް ލަންޑަންގައި އޮތް ދުނިޔޭގެ އެންމެ ބޮޑު ތައުލީމާއި ޓެކްނޮލޮޖީގެ އެގްޒިބިޝަން ކަމުގައި ގިނަ ބަޔަކު ގަބޫލުކުރާ ’ބެޓް‘ ބައްލަވާލައްވައިފިއެވެ.

މި އެގްޒިބިޝަންގައި ބައިވެރިވެވަޑައިގަތުމުގެ އެންމެ ބޮޑު މަޤްސަދަކީ، އައު މަންހަޖު ތަންފީޒުކުރެވެމުންދާ މި މުހިއްމު ދަނޑިވަޅުގައި، ރާއްޖޭގެ ގައުމީ މަންހަޖު އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް، އެކި މާއްދާތައް ކިޔަވައިދެއްވާ ޓީޗަރުން އެ މައްދާތަކަށް އިތުރަށް އަހުލުވެރިކުރުވާ، މި މާއްދާތައް ދަރިވަރުންނަށް ބޮޑަށް ތަފްސީލުވެ މައުނަވީ ސިފައެއްގައި މި މާއްދާތައް އުނގެނުމަށް އެހީތެރިވެދޭނެ ތަފާތު ވަސީލަތްތައް ހޯދައި، އަދު ދުނިޔޭގައި އެހެން ގައުމުތަކުގައިވެސް އުނގެނުން އިތުރަށް ތަނަވަސް ކުރުމަށް ބޭނުންކުރަމުންގެންދާ ވަސީލަތްތަކާއި ބެހޭ މައުލޫމާތު ހޯދާ، އެ ވަސީލަތްތައް ރާއްޖޭގެ ދަރިވަރުންނަށް ފަހިކޮށްދެއްވުމަށް މަސައްކަތްކުރުމެވެ. އަދި މީގެ އިތުރުން ޓެކްނޮލޮޖީގެ އައު ވަސީލަތްތައް ބޭނުންކޮށްގެން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ސްކޫލްތައް ގުޅުވާލެވިފައިވާ ”ވަރޗުއަލް ބްރިޖް“ގެ ތެރެއިން ހުރިހާ ސްކޫލްތަކުގެ ދަރިވަރުންނަށާއި، މުދައްރިސުންނަށް އުނގެނުމާއި އުނގަންނައިދިނުމުގެ އައު ފަސޭހަތައް ހޯދައިދުނުމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިގޮތުން މި އެގްޒިބިޝަންގައި ބައިވެރިވެފައިވާ 240އަށް ވުރެ ގިނަ އެގްޒިބިޓަރުންގެ ތެރެއިން ރާއްޖޭގެ ތައުލީމީ ނިޒާމާއި ގުޅުންހުރި ބޭނުންތެރި ތަފާތު ސްޓޭންޑްތަކަށް މިނިސްޓަރ ޒިޔާރަތްކުރެއްވި އެވެ. މިގޮތުން މައިކްރޯސޮފްޓް، ގޫގުލް، ސްޓެމް ކޯޑިން އަށް ހާއްސަކުރެވިފައިވާ ސްޓޭންޑްތަކުގެ އިތުރުން ޖީ.ސީ.އެސް ގެ ކަރިކިއުލަމް އަށް ހާއްސަކުރެވިފައިވާ ސްޓޭންޑްތަކާއި، ވޮކޭޝަނަލް އެޑިއުކޭޝަން، ހާއްސަ އެހީ އަދި އިންކްލޫޝަން އަށް ހާއްސަކުރެވިފައިވާ ބައެއް ސްޓޭންޑްތަކަށް މިނިސްޓަރ ޒިޔާރަތްކުރެއްވި އެވެ.

މިނިސްޓަރގެ ޒިޔާރަތަށްފަހު މި އެގްޒިބިޝަންގެ ތެރެއިން ފާހަގަކުރެވުނު ބައެއް ކުންފުނިތަކާއި، އިންސްޓިޓިއުޓްތަކާއި ގުޅިގެން މަސައްކަތް ކުރުމަށް މިހާރުވެސް މުއާމަލާތުތައް ކުރެވެމުންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ފޮރިން ރިލޭޝަންސް ހެޑް، އާމިނަތު ނަމްޒާ ވިދާޅުވި އެވެ. އަދި އުންމީދަކީ ވީ އެންމެ އަވަސް ފުރުސަތެއްގައި މުއާމަލާތު ކުރެވެމުންދާ އިންސްޓިޓިއުޝަންތަކާއި ގުޅިގެން ރާއްޖޭގެ ސްކޫލްތަކުގައި ބޭނުންކުރުމަށް އެ ވަސީލަތްތަކަކީ އެންމެ އެކަށޭނަ އަދި އެންމެ ނަފާ ކުރުވަނިވި ވަސީލަތްތަކެއްތޯ ބެލުމަށް ޕައިލެޓް ޕްރޮޑަކްޓްތައް ފެނިގެން ދިއުންކަމަށްވެސް ނަމްޒާ ވިދާޅުވި އެވެ.

ދަރިވަރުންނަށް ފޯރުކޮށްދޭ ތައުލީމަކީ އެންމެ ފެންވަރު ރަނގަޅު ތައުލީމުކަމުގައި ހެދުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސީދާ ލަފާފުޅުގެ ދަށުން، މިނިސްޓަރ އާއިޝަތު ޝިހާމްގެ އިރުޝާދާއިއެކު، އެޑިއުކޭޝަން މިނިސްޓްރީން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ކުރެވެމުންދާ ގިނަ މަސައްކަތްތަކާއިއެކު، މިއަހަރުގެ ސާނަވީ ތައުލީމު ފުރިހަމަކުރާ އިމްތިހާނުތަކުން ދިވެހި ދަރިވަރުންވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފަ އެވެ.

މިދަތުރުފުޅުގައި މިނިސްޓަރގެ އަރިހުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަފީއުއާއި، މިނިސްޓްރީގެ ފޮރިން ރިލޭޝަންސް ހެޑް އާމިނަތު ނަމްޒާ ބައިވެރިވެވަޑައިގެންނެވި އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.