
ޖީ ސްޓާ ތަފާތު ބޮޑުކޮށް މޮޅުވިއިރު ޕީޓްރަސް އަށް އުނދަގޫ މޮޅެއް
”އަދުރޭ ފުޓްސަލް ޗެލެންޖް 2017“ ރޭ ފެށިގެން ކުރިޔަށް ދާއިރު މި މުބާރާތް ވަނީ އާދަޔާ ޚިލާފް ފޯރިގަދަ މުބާރާތަކަށް ވެފައެވެ.

އެގޮތުން ކުލަގަދަ ރަސްމިއްޔާތަކަށް ފަހު ރޭވެސް ދެ މެޗެއް ކުޅެވުނުއިރު މިއަދު ހަވީރުވެސް ވަނީ ދެމެޗެއް ކުޅެވިގެން ގޮސްފައެވެ. އެއީ ހަވީރު 16:10 ގައި ޕީޓްރަސް އާއި ޑީޑީއެފް ބައްދަލުކުރި މެޗާއި ހަވީރު 17:10 ގައި ފޮގް އާއި ޖީ ސްޓާ ބައްދަލުކުރި މެޗެވެ.

އެގޮތުން ހަވީރު 16:10 ގައި ކުޅުނު މެޗުގައި ޕީޓްރަސް އާއި ޑީޑީ އެފް ބައްދަލުކުރި އިރު މި މެޗު 7:6 ގެ ނަތީޖާއިން މޮޅުވީ ޕީޓްރަސް އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މެޗުގައި މޮޅުކުޅުމެއް ދެއްކި ޖާޒީ ނަމްބަރ 99 އިރުފާދު އެވެ.
ދެވަނަ މެޗުގައި ޖީ ސްޓާ އާއި ފޮގް ބައްދަލުކުރި އިރު މި މެޗު 9:2 ގެ ތަގާތު ބޮޑު ނަތީޖާއަކުން މޮޅުވީ ޖީ ސްޓާ އެވެ.

މި މެޗުގެ މޮޅުކުޅުންތެރި އަކަށް ހޮވުނީ ޖީ ސްޓާގެ ޖާޒީ ނަމްބަރ 3 ، ޝަމީމް އަބުދުލް ޤާދިރު އެވެ.
މިރޭވެސް މި މުބާރާތުގެ ތިން މެޗެއް ކުޅެވޭނެއެވެ. އެގޮތުން މިރޭ 20:30 ގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އައިޑޮލްސް އާއި ރިދަމް އެވެ.
މިރޭ 21:30 ގައި ކުޅެވޭ މެޗުގައި ބައްދަލުކުރާނީ ލާމު ޕޮލިސް އާއި އެމިގޯސް އެސްސީ އެވެ.
މިރޭ ކުޅޭ އެންމެ ފަހު މެޗު ގައި ބައްދަލުކުރާނީ ދި ލެޖެންޑްސް އާއި މުކުރިމަގު އެސްސީ އެވެ.



