ސެއިލް މޯލްޑިވްސް ޔޮޓް ރެލީ އިންތިޒާމްކުރާ ލަގްޒަރީ ކަލެކްޝަންގެ އިސްވެރިން ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލު ކުރައްވައިފި

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސެއިލް މޯލްޑިވްސް ޔޮޓް ރެލީ އިންތިޒާމްކުރާ ލަގްޒަރީ ކަލެކްޝަންގެ އިސްވެރިން ކޮމިޝަނަ އޮފް ޕޮލިސް އަޙްމަދު އަރީފް އާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ލަގްޒަރީ ކަލެކްޝަންއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވަނީ ސެއިލް މޯލްޑިވްސް ޔޮޓް ރެލީގައި ފުލުހުންގެ ފަރާތުން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުމާއި ގުޅޭގޮތުންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް ދެއްކެވި ވާހަކަފުޅުގައި ސެއިލް މޯލްޑިވްސް ޔޮޓް ރެލީއަށް ފުލުހުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ސައުދީ އާއި ސަދަރން އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން އާދަމްއާއި ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު އާއި ނޮދަރން އޮޕަރޭޝަންސް ކޮމާންޑްގެ ޑެޕިއުޓީ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އާއި ލަގްޒަރީ ކަލެކްޝަންގެ ފައުންޑަރ އަދި ސީއީއޯ އަޙްމަދު އަދީލް އާއި ކޯފައުންޑަރ އަދި ޑިރެކްޓަރ ޢަބްދުﷲ ޝަފީޤް އާއި މުޙައްމަދު އިގްނާޒް ޢަލީ އަދި ޑިރެކްޓަރ އަޙްމަދު ޝަނީ ބައިވެރިވެލެއްވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.