ޒަކާތް ބެހުމަށް އިސްލާމިކް މިނިސްޓްރީގެ ޓީމެއް މާދަމާ ތިނަދޫއަށް

 ރާއްޖޭގެ އެކި ހިސާބުގައި ދިރިއުޅެމުންދާ ގެންދާ ޒަކާތުގެ ޙައްޤުވެރިންނަށް ޒަކާތް ބެހުމަށް އިސްލާމިކް މިނިސްޓްރީއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގދ. ތިނަދޫގައި ޒަކާތް ބެހުމުގެ މަސައްކަތަށް ޚާއްސަ ޓީމެއް ތިނަދޫއަށް މާދަމާ ދާނެއެވެ.

5 ބޭފުޅުންގެ މައްޗަށް އެކުލެވޭ މި ޓީމުގައި އިސް ބޭފުޅެއްގެ ގޮތުގައި ވަޑައިގަންނަވާނީ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރ އައްޝައިޚް ޢަލީ ޝަރީފެވެ. މި ޓީމު ތިނަދޫއަށް ދާނީ މާދަމާ ހެނދުނުގެ ވަގުތެއްގައެވެ. ތިނަދޫގައި ޒަކާތުގެ ޙައްޤުވެރިންގެ ގޮތުގައި 701 މީހުން ރަޖިސްޓްރީ ވެފައި އެބަތިއްބެވެ. މިފަރާތްތަކަށް ޒަކާތް ބެހުމުގެ މަސައްކަތް މާދަމާ ތިނަދޫ ކައުންސިލާ ގުޅިގެން މި ޓީމުން ކުރާނެއެވެ. މާދަމާ ތިނަދޫގައި ޒަކާތް ބެހެމުގެ މަސައްކަތް ކުރިއަށް ގެންދާނީ ހެނދުނު 1030 އިން ހަވީރު 1600 އާއި ދެމެދުއެވެ. ތިނަދޫގައި ޒަކާތް ބެހުމުގެ މަސައްކަތް ނިންމާ މި ޓީމު މާލެ އައުމަށް ހަމަޖެހިފައި ވަނީ 28 ޑިސެމްބަރު ވާ ބުދަ ދުވަހުއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެ ކުރިން، މިހިނގާ ޑިސެމްބަރު މަހުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީގެ ޓީމެއް ވަނީ އައްޑޫ ސިޓީއަށް ދަތުރުކޮށް، އައްޑޫ ސިޓީގައި ތިބި ޒަކާތް ޙައްޤުވާ މީހުންނަށް ޒަކާތް ބެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.