
އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ކ.މާފުށީގައި ”މޫދު ކަސްރަތު“ ޕްރޮގްރާމް ފަށައިފި
އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން، ކ.މާފުށީ ކައުންސިލާ ގުޅިގެން އެ ރަށުގައި ”މޫދު ކަސްރަތު“ ޕްރޮގްރާމެއް ފަށައިފިއެވެ.
ނޮވެންބަރު 23ވަނަ ދުވަހުން ފެށިގެން ޑިސެންބަރު 13ވަނަ ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި އެ ރަށުގެ 29 މީހުން ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމަކީ، ރައްޔިތުންގެ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ޞިއްޙަތާއި، ރައްޔިތުން ބާރުވެރިކުރުވުމާއި އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އެކުވެރިކަމާ އެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމަޢުއެއް ޤާއިމުކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ މުދައްރިބުންނެވެ.



