އިސްރާއީލް ސިފައިން އަމިއްލައަށް މަރުވާ މިންވަރު ވަރަށް ބޮޑަށް އިތުރު ވެއްޖެ

އިސްރާއީލް ސިފައިން އަމިއްލައަށް މަރުވާ މިންވަރު 2010 ވަނަ އަހަރަށްފަހު ވަރަށް ބޮޑަށް އިތުރު ވެއްޖެ އެވެ.

މީގެ އިތުރުން ހުޅަނގު އައްސޭރީގައި ހިންގާ ’ޔަހޫދީ ޓެރަރިޒަމް‘ އިސްރާއީލުގެ އެތެރެއަށް ފެތުރިދާނެކަމުގެ އިންޒާރު އަސްކަރީ އޮފިސަރަކު ދީފައިވާއިރު ޣައްޒާގައި އިންސާނީ އައްޑަނަ ބޭނުންކުރާ މައްސަލައިގެ ތަހުގީގު ސިއްރުކުރުމަށް ކާން 11 އަށް ވަނީ ގޮވާލާފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި އަހަރު ފެށުނީއްސުރެ މިހާތަނަށް އިސްރާއީލް ސިފައިންގެ ތެރޭގައި ޚިދުމަތްކުރާ 23 މީހަކު އަމިއްލައަށް މަރުވެފައިވާކަމަށް ހާއާރެޓްޒް ނޫހުން ހޯމަ ދުވަހު ރިޕޯޓުކޮށްފި އެވެ.

މިއީ 2010 ވަނަ އަހަރަށްފަހު އަސްކަރިއްޔާގައި މި އަދަދު މިހާ މަތިވި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ޚިދުމަތުން ވަކިވިތާ ކުރު މުއްދަތެއްގެ ތެރޭގައި ފާއިތުވި އަހަރުގެ ތެރޭގައި ކުރީގެ 17 ސިފައިންވެސް ވަނީ އަމިއްލައަށް މަރުވެފަ އެވެ.

މިއާއެކު މިހާރު ޚިދުމަތުގައި ތިބި މީހުންނާއި ކުރީގެ ސިފައިން ހިމެނޭހެން އަމިއްލައަށް މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 40 އަށް އަރާފަ އެވެ.

އަމިއްލައަށް މަރުވުމުގެ ހާދިސާތައް ހަމައެކަނި އަސްކަރިއްޔާއަކަށް ނޫނެވެ. ހާއާރެޓްޒްއިން ފާހަގަކޮށްފައިވާ ގޮތުގައި 2024 ވަނަ އަހަރުގެ ތެރޭގައި ފަސް ފުލުހަކުވެސް ވަނީ އަމިއްލައަށް މަރުވެފަ އެވެ.

އިސްރާއީލް އަސްކަރިއްޔާގެ ރަސްމީ ހިސާބުތަކާ ހަވާލާދީ އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އޮކްޓޯބަރު 7 ގެ ހަމަލާތަކަށްފަހު މިހާތަނަށް ޖުމްލަ 73 އޮފިސަރުންނާއި ސިފައިން ވަނީ އަމިއްލައަށް މަރުވެފަ އެވެ.

ނަމަވެސް ހަނގުރާމައާ ގުޅުންހުރި އަމިއްލައަށް މަރުވުމުގެ ހާދިސާތަކުގެ އަސްލު އަދަދު މިއަށްވުރެ މާ މަތިވުން އެކަށީގެންވެ އެވެ.

އެއީ އަސްކަރިއްޔާގެ ތަފާސްހިސާބުތަކުގައި ހިމަނަނީ ހަމައެކަނި ޚިދުމަތުގައި ދެމިތިއްބާ މަރުވާ މީހުންގެ އަދަދު ކަމަށްވާތީ އެވެ.

”މި ހަނގުރާމައަކީ އެކަމުގައި ބައިވެރިވި ސިފައިންނަށް ކުރިމަތިވި ނަފްސާނީ ބޮޑު ތަކުލީފާއި ވަރުބަލިކަމަށް ބަލާއިރު ކުރިން ދުވަހަކުވެސް ތަޖުރިބާކޮށްފައި ނުވާފަދަ ހާދިސާއެއް،“ ހައިފާ ޔުނިވަރސިޓީގެ މެންޓަލް ހެލްތު އެކަޑަމިކަކު ހާއާރެޓްޒްއަށް ކިޔައިދީފައިވެ އެވެ.

ކުރިއަށް އޮތް އަހަރުތަކަކީ އަމިއްލައަށް މަރުވާ މިންވަރަށް ބަލާއިރު ވަރަށް ނާޒުކު އަދި ބިރުވެރި ބަދަލުތަކެއް ފެނިގެންދާނެ އަހަރުތަކަކަށް ވެދާނެ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.