”އެކްސަސައިޒް ޖައްރާފާ 2026″ގެ ތަމްރީނެއްގެ ގޮތުން ބަލި މީހަކު ގެއެއްގެ ސިޑިން ތިރިއަށް ބޭލުމަށް ސިނާރިއޯއެއް ކުރިއަށްގެންގޮސްފި

އެމްއެންޑީއެފުން ކުރިއަށްގެންދާ ”އެކްސަސައިޒް ޖައްރާފާ 2026″ގެ ފަރިތަކުރުންތަކުގެ ތެރެއިން، ގެއެއްގެ 6ވަނަ ފަންގިފިލާއިން ބަލި މީހަކު ހޮސްޕިޓަލަށް ގެންދިއުމަށް ތިރިއަށް ބޭލުމަށް ޢަމަލުކުރާނެ ގޮތުގެ ސިނާރިއޯއެއް، މިއަދު ވިލިމާލޭ ރޯޝަންގޭގައި ކުރިއަށްގެންގޮސްފިއެވެ.
މި ތަމްރީނުގައި، ޚާއްޞަ އެހީއަށް ބޭނުންވާ ބަލި މީހަކު ހޮސްޕިޓަލަށް ގެންދިއުމަށް ޓަކައި، ވިލިމާލޭ ރޯޝަންގޭގެ 6ވަނަ ފަންގިފިލާއިން ތިރިއަށް ބާލާނެ ގޮތް ވަނީ ފަރިތަކޮށްފައެވެ.
އެގޮތުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ވިލިމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ، ޚާއްޞަ ރެސްކިޔު އިކުއިޕްމަންޓް ބޭނުންކޮށްގެން ބަލި މީހާ އެ ގޭ ތިރިއަށް ބާލަދީފައެވެ.
”އެކްސަސައިޒް ޖައްރާފާ 2026″އަކީ ކުއްލި ހާލަތްތަކުގައި އިދާރާތައް ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ފަރިތަކޮށް، ތައްޔާރީ ހާލަތު އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ތަމްރީނެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.