ޔާސީން ސޫރަތުގެ ތަފްސީރު 6

قَالُوا إِنَّا تَطَيَّرْنَا بِكُمْ ۖ لَئِن لَّمْ تَنتَهُوا لَنَرْجُمَنَّكُمْ وَلَيَمَسَّنَّكُم مِّنَّا عَذَابٌ أَلِيمٌ (18)

އެއުރެން ބުނޫއެވެ. ހަމަކަށަވަރުން، ތިޔަބޭކަލުންގެ ސަބަބުން ތިމަންމެންނަށް ސުންޕާކަން ލިބިއްޖެއެވެ. ތިޔަބޭކަލުން ތިޔަކަން ހުއްޓައިނުލެއްވިނަމަ ތިމަންމެން ތިޔަބޭކަލުން رجم ކުރާހުށީމުއެވެ. ހަމަކަށަވަރުން، ތިމަންމެންގެ ކިބައިން ތިޔަބޭކަލުންނަށް ވޭންދެނިވި عقوبات ލިބިދާހުށިކަން ކަށަވަރެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކުރު ޚުލާސާއެއް:
އެ ރަށުގެ މީހުން ރަސޫލުންނަށް ބުންޏެވެ. ”ތިޔަބައިމީހުންގެ ސަބަބުން އަހަރެމެންނަށް މުސީބާތްތަކާ ކުރިމަތިވެއްޖެއެވެ. ތައުޙީދަށް ގޮވައިލުން ތިޔަބައިމީހުން ހުއްޓާނުލައިފިނަމަ، ގަލުންޖަހައި ތިޔަބައިމީހުން މަރާލާނަމެވެ. އަދި ވޭންދެނިވި އަދަބުތަކެއް ދޭނަމެވެ.“

ޖަލާލައިނި ތަފްސީރު:
”އެމީހުން ބުންޏެވެ. އަހަރެމެންނަށް ނުބައި ގޮތްތައް މެދުވެރިވެއްޖެއެވެ.“ އެބަހީ ތިޔަބައިމީހުންގެ ސަބަބުން ވާރޭ ނުވެހި ތަދެއް ކުރިމަތިވެއްޖެއެވެ. ”ތިޔަބައިމީހުން ހުއްޓާނުލައިފިނަމަ ގަލުންޖަހާނަމެވެ.“ އަދި ”އަހަރެމެންގެ ފަރާތުން ވޭންދެނިވި އަޒާބެއް ތިޔަބައިމީހުންނަށް ލިބޭނެއެވެ.“

ތަފްސީރުއް ސަޢުދީ:
ރަށުގެ މީހުން ރަސޫލުންނަށް ބުންޏެވެ. ”ތިޔަބައިމީހުންގެ ސަބަބުން އަހަރެމެންނަށް މުސީބާތްތަކާ ކުރިމަތިވެއްޖެއެވެ.“ އެބަހީ ތިޔަބައިމީހުން އަހަރެމެންގެ ގާތަށް އައި ފަހުން އަހަރެމެންނަށް ފެންނަނީ ހުސް ނުބައި ކަންކަމެވެ. މިއީ ވަރަށް ބޮޑު ހައިރާންކަމެކެވެ. އެހެނީ، މާތްﷲ އަޅުތަކުންނަށް ދެއްވާ އެންމެ ބޮޑު ނިޢުމަތާއިގެން އައި ބަޔަކު، މުސީބާތެއްގެ ގޮތުގައި އެމީހުންނަށް ސިފަވީއެވެ. އެމީހުންގެ އަމިއްލަ ނުބައިކަމާއި މަގުފުރެދުން ބޮޑުކަމުން، ދުޝްމަނަކަށްވެސް ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް އެމީހުން އަމިއްލަ ނަފްސަށް އެދިނީއެވެ. ދެން އެމީހުން ރަސޫލުންނަށް އިންޒާރު ދިނެވެ. ”ތިޔަބައިމީހުން ހުއްޓާނުލައިފިނަމަ، ގަލުންޖަހައި މަރާލާނަމެވެ. އަދި އަހަރެމެންގެ ފަރާތުން ވޭންދެނިވި އަޒާބެއް ލިބޭނެއެވެ.“

قَالُوا طَائِرُكُم مَّعَكُمْ ۚ أَئِن ذُكِّرْتُم ۚ بَلْ أَنتُمْ قَوْمٌ مُّسْرِفُونَ (19)

އެބޭކަލުން ވިދާޅުވޫއެވެ. ތިޔަބައިމީހުންގެ ސުންޕާކަންވަނީ ތިޔަބައިމީހުންނާ އެކުގައެވެ. ތިޔަބައިމީހުންނަށް (حق ގޮތް) ހަނދާންކޮށްދެވުނަސް (އެއީ، ސުންޕާކަމެއް ކަމުގައި ބަލަނީ) ހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ (كافر ކަމުގައި) ހައްދުފަހަނަޅައިފައިވާ ބަޔެކެވެ.

ކުރު ޚުލާސާއެއް:
ރަސޫލު ބޭކަލުން އެމީހުންނަށް ޖަވާބު ދެއްވިއެވެ. ”ތިޔަބައިމީހުންނަށް ދިމާވާ މުސީބާތްތަކަކީ ތިޔަބައިމީހުންގެ ކާފިރުކަމާއި ރަސޫލުންނަށް ފުރަގަސްދިނުމުގެ ސަބަބުން ދިމާވާ ކަންކަމެވެ. އަދި ކިއެއްތަ، ތިޔަބައިމީހުންނީ ކާފިރުކަމާއި އުރެދުމުގައި ހައްދުފަހަނަޅާފައިވާ ބަޔެކެވެ.“

ޖަލާލައިނި ތަފްސީރު:
”އެބޭކަލުން ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ނުބައި ނަސީބުވަނީ ތިޔަބައިމީހުންނާ އެކުގައެވެ.“ އެބަހީ ތިޔަބައިމީހުންގެ ކާފިރުކަމުގެ ސަބަބުންނެވެ. ”ތިޔަބައިމީހުންނަށް ހަނދާންކޮށްދެވުނަސް ހެއްޔެވެ؟“ މިއީ ނަސޭހަތްދީ ބިރުވެރިކަން އަންގައިދިނުމާ މެދު ކުރެވޭ ސުވާލެކެވެ. އެމީހުން ނަސޭހަތް ގަބޫލުކުރުމުގެ ބަދަލުގައި ކާފިރުކަން އިތުރުކުރީއެވެ. ”އަދި ކިއެއްތަ، ތިޔަބައިމީހުންނީ ހައްދުފަހަނަޅާފައިވާ ބަޔެކެވެ.“ ޝިރުކުކުރުމުގައި އިންތިހާއަށް ގޮސްފައިވާ ބަޔެކެވެ.

ތަފްސީރުއް ސަޢުދީ:
ރަސޫލު ބޭކަލުން އެމީހުންނަށް ވިދާޅުވިއެވެ. ”ތިޔަބައިމީހުންގެ ނުބައި ނަސީބުވަނީ ތިޔަބައިމީހުންނާ އެކުގައެވެ.“ އެބަހީ ތިޔަބައިމީހުން ކުރާ ޝިރުކާއި ނުބައި އަމަލުތަކުގެ ސަބަބުން ކަންކަން ގޯސްވަނީއެވެ. އަހަރެމެން ތިޔަބައިމީހުންނަށް ހެޔޮ ގޮތް ދައްކައިދީ، ހަނދާންކޮށްދިނުމުން ތިޔަބައިމީހުން ތިޔަފަދަ ބަސްތައް ބުނީ ހެއްޔެވެ؟ އަދި ކިއެއްތަ، ތިޔަބައިމީހުންނީ ބޮޑާކަމާއި ކާފިރުކަމުގައި ހައްދުފަހަނަޅާފައިވާ ބަޔެކެވެ. އެމީހުންނަށް ނަސޭހަތް ދިނުމުން އިތުރުވީ ނަފްރަތާއި ބޮޑާކަމެވެ.

وَجَاءَ مِنْ أَقْصَى الْمَدِينَةِ رَجُلٌ يَسْعَىٰ قَالَ يَا قَوْمِ اتَّبِعُوا الْمُرْسَلِينَ (20)

އެރަށުގެ އެންމެ ދުރުފަރާތުން މީހަކު ދުވަމުން އައިސް ބުންޏެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން އެ رسول ންނަށް تبع ވާށެވެ.

ކުރު ޚުލާސާއެއް:
އެ ރަށުގެ އެންމެ ދުރު ހިސާބުން، އެ ގައުމުގެ މީހުން ރަސޫލުން ދޮގުކޮށް، އެބޭކަލުންނަށް މަރުގެ އިންޒާރުދީ، އަނިޔާވެރިވެދާނެތީ ބިރުން ހުރި މީހަކު އައިސް ބުންޏެވެ: އޭ އަހަރެންގެ ގައުމުގެ މީހުންނޭވެ! މި ރަސޫލުން ގެނެސްދެއްވި ހިދާޔަތަށް ތިޔަބައިމީހުން ތަބާވާށެވެ.

ޖަލާލައިނި ތަފްސީރު:
”އަދި އެ ރަށުގެ އެންމެ ދުރު ހިސާބުން މީހަކު އައެވެ.“ އެއީ ރަސޫލުންނަށް އީމާންވި، ވަޑާންކުރާ ހަބީބެވެ. އޭނާ ދިރިއުޅެނީ ރަށުގެ އެންމެ ދުރު ހިސާބުގައެވެ. ރަށުގެ މީހުން ރަސޫލުން ދޮގުކުރި ޚަބަރު ލިބުމުން، އޭނާ ”ހަލުވިކަމާއެކު“ (ދުވަމުން) އައީ އެކަމާ ދެކޮޅަށް ތެދުވުމަށެވެ.

ތަފްސީރުއް ސަޢުދީ:
ރަސޫލުން ގޮވާލެއްވި ކަންކަން އަޑުއަހައި އެކަން ގަބޫލުކޮށް، އޭނާގެ ގައުމުގެ މީހުން އެބޭކަލުންނަށް ދިން ޖަވާބު އެނގުމުން، އެމީހުންނަށް ނަސޭހަތްތެރިވުމަށްޓަކައި ރަށުގެ އެންމެ ދުރު ހިސާބުން މީހަކު އައެވެ. އަދި އޭނާ ބުންޏެވެ: ”އޭ އަހަރެންގެ ގައުމުގެ މީހުންނޭވެ! ރަސޫލުންނަށް ތަބާވާށެވެ.“ އޭނާ އެމީހުންނަށް އެބޭކަލުންނަށް ތަބާވުމަށް އަމުރުކޮށް، އެކަމަށް ނަސޭހަތްތެރިވެ، އެބޭކަލުންގެ ރަސޫލުކަމަށް ހެކިވިއެވެ.

اتَّبِعُوا مَن لَّا يَسْأَلُكُمْ أَجْرًا وَهُم مُّهْتَدُونَ (21)

ތިޔަބައިމީހުންގެ ކިބައިން، އެއްވެސް އުޖޫރައަކަށް ނޭދޭބަޔަކަށް ތިޔަބައިމީހުން تبع ވާށެވެ! އަދި އެއުރެންނީ ތެދުމަގު ލިބިގެންވާ ބަޔެކެވެ.

ކުރު ޚުލާސާއެއް:
ﷲގެ ވަހީގެ މެދުވެރިކަމުން އެބޭކަލުން ފޯރުކޮށްދެއްވާ ދީނުގެ މެސެޖަށްޓަކައި، ތިޔަބައިމީހުންގެ ކިބައިން އެއްވެސް ބަދަލަކަށް ނުވަތަ އުޖޫރައަކަށް ނޭދޭ، އަދި ހިދާޔަތުގެ މަގުގައި ސާބިތުވެތިބި ބަޔަކަށް ތިޔަބައިމީހުން ތަބާވާށެވެ.

ޖަލާލައިނި ތަފްސީރު:
”ތަބާވާށެވެ“ މި ލަފްޒު ތަކުރާރުވެފައިވަނީ ކުރިން ބުނި ބަހަށް ބާރުދިނުމުގެ ގޮތުންނެވެ. ”އެބޭކަލުންގެ ރަސޫލުކަމުގެ މެސެޖަށް އެއްވެސް އުޖޫރައަކަށް ނޭދޭ“ އަދި ”އެބޭކަލުންނީ ތެދުމަގު ލިބިގެންވާ ބަޔެކެވެ.“ އޭނާއާ ދިމާލަށް ބުނެވުނެވެ: ”ކަލޭ ތިޔަހުރީ އެމީހުންގެ ދީނުގައި ހެއްޔެވެ؟“

ތަފްސީރުއް ސަޢުދީ:
ދެން އޭނާ ހެކިވި އަދި ގޮވާލި ގޮވާލުމަށް ބާރުދެމުން ބުންޏެވެ: ތިޔަބައިމީހުންނަށް ހެޔޮކަން ހޯދައިދިނުމަށް ނަސޭހަތްތެރިވާ، އަދި އެކަމުގެ ބަދަލުގައި ތިޔަބައިމީހުންގެ މުދަލަކަށް ނުވަތަ އެއްވެސް އުޖޫރައަކަށް ނޭދޭ ބަޔަކަށް ތަބާވާށެވެ.
ބައެއް ފަހަރު މީހަކު އުޖޫރައަކާ ނުލައި ދީނަށް ގޮވާލި ނަމަވެސް އޭނާ ހުރީ ހައްގު މަގުގައި ކަމަށް ނުވެދާނެތީ، އެކަމަށް އިޝާރާތްކޮށް އޭނާ ބުންޏެވެ: ”އެބޭކަލުންނީ ތެދުމަގު ލިބިގެންވާ ބަޔެކެވެ.“ އެހެނީ އެބޭކަލުން ގޮވާލައްވަނީ ސަލާމަތް ބުއްދި ގަބޫލުކުރާ ހެޔޮ ކަންކަމަށެވެ. އަދި ނަހީކުރައްވަނީ ސަލާމަތް ބުއްދި ނުރުހޭ ނުބައި ކަންކަމުންނެވެ.

ނުނިމޭ…

މިއީ surahquran.com ގައި ލިޔެފައިވާ ލިޔުމެއްގެ ދހިވެހި ތަރުޖަމާ އެވެ.

އާޔަތްތަކުގެ ދިވެހި ތަރުޖަމާ ނަގާފައިވާނީ tanzil.net އިންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.