”ހޫޘީން މިހާރު ދަނީ ސަޢޫދީ ރަސްކަމަށް ޙަޤީޤީ މާނައިގައި ނުރައްކާ ކުރަމުން“ – އެމެރިކާގެ ޖިއޯޕޮލިޓިކަލް އެނަލިސްޓް

ސައުދީ އަރަބިއްޔާގެ ބައެއް ސަރަހައްދުތަކަށް ހޫޘީން އަތްގަދަކޮށްފައިވާ ކަމަށް ޓަކަރ ކާލްސަން ބުނެފި އެވެ.

އެމެރިކާގެ މަޝްހޫރު ޕޮޑްކާސްޓަރު ބުނި ގޮތުގައި އޭނާ ދާދި ފަހުން ގަލްފުގެ ލީޑަރުންނާ ވާހަކަދައްކާފައިވެ އެވެ. އަދި ސަޢޫދީއަށް ދެމުންދާ ހޫޘީންގެ ހަމަލާތަކަށް ވާގިވެރިވަނީ ކޮން ބައެއްތޯ އޭނާ ވަނީ ސުވާލު އުފައްދާފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެމެރިކާގެ ކޮންޒަވޭޓިވް ޕޮޑްކާސްޓަރު ޓަކަރ ކާލްސަން ބުނި ގޮތުގައި ޔަމަނުގެ ހޫޘީން މިހާރު ދަނީ ސަޢޫދީ ޢަރަބިއްޔާގެ ބައެއް ސަރަހައްދުތަކަށް ވެރިވެގަނެގެންނެވެ. އަދި އެމެރިކާގެ މީޑިއާތަކުން މި ހަނގުރާމައިގެ މިފަދަ ކުރިއެރުންތަކުގެ މައުލޫމާތު ފަތުރަމުން ނުދާ ކަމަށްވެސް އޭނާ ބުންޏެވެ.

”ހޫޘީން މިހާރު ދަނީ ސަޢޫދީ ރަސްކަމަށް ޙަޤީޤީ މާނައިގައި ނުރައްކާ ކުރަމުން،“ އެމެރިކާގެ ޖިއޯޕޮލިޓިކަލް އެނަލިސްޓް ބްރޭންޑަން ޖޭ ވައިކާޓާ އެކު ހޯމަ ދުވަހު ނެރުނު ޕޮޑްކާސްޓެއްގައި ކާލްސަން ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި ”އެމީހުން މިހާރު ތިބީ ސަޢޫދީގެ ބައެއް ސަރަހައްދުތަކަށް ވެރިވެގެން. މިއީ އެމެރިކާގެ މީޑިއާތަކުން ގެނެސްދޭ ޚަބަރެއް ކަމެއް އަހަންނަކަށް ނޭނގެ، އެކަމަކު މިއީ ޙަޤީޤަތެއް. މިއީ ވަރަށް ބޮޑު ކަމެއް. މިވަގުތު ސަޢޫދީގެ ބިމުގައި ހޫޘީންގެ ލަޝްކަރުތައް އެބަތިބި.“

ސަޢޫދީގެ ބައެއް ސަރަހައްދުތައް ހޫޘީންގެ ބާރުގެ ދަށުގައިވާ ކަމަށް ބުނާ މައުލޫމާތު ލިބުނު ގޮތެއް ކާލްސަން ހާމައެއް ނުކުރެ އެވެ.

ނަމަވެސް އޭނާއަކީ ގަލްފުގެ ޤައުމުތަކުގެ އިސްވެރިންނާ ގާތް ގުޅުމެއް ބާއްވާ މީހެކެވެ.

ފައިނޭންޝަލް ޓައިމްސްއިން އޮކްޓޯބަރު މަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ކާލްސަން ވަނީ މެޑިޓެރޭނިއަން ކަނޑުގައިވާ ބައެއް ޝާހީ އާއިލާތަކުގެ ޔޮޓްތަކަށް ޒިޔާރަތްކޮށްފަ އެވެ. އަދި މި ހަފުތާގައި ވެސް ގަލްފުގެ ލީޑަރުންނާ ވާހަކަދެއްކި ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކާލްސަންއަކީ އެމެރިކާގެ ދިފާއީ އަދި އިންޓެލިޖެންސް އިދާރާތަކަށް ވަރަށް ބޮޑަށް ފާޑުކިޔާ މީހެކެވެ. ނަމަވެސް އޭނާއަކީ އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ. ވެންސްގެ ގާތް ރަހުމަތްތެރިއެކެވެ.

އީރާނާއި އިސްރާއީލުގެ ހަނގުރާމައާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕަށް އޭނާ ފާޑުކިޔާފައިވީ ނަމަވެސް ދާދި ފަހުން ޓްރަމްޕާ އެކު ދިގު މަޝްވަރާތަކެއް ކުރި ކަމަށް އޭނާ ވައިކާޓާ ގާތު ބުންޏެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.