ޔަމަނުގެ ސިފައިން ހުޅަނގު އައްސޭރިން ފަހަތަށް ޖެހިއްޖެ

ޢަދަން ދިފާޢުކުރުމަށްޓަކައި ޔަމަނުގެ ސަރުކާރުގެ ސިފައިން ބާބުލް މަންދަބާއި ހުޅަނގު އައްސޭރިން ފަހަތަށް ޖެހިއްޖެ އެވެ.

ސަރުކާރުގެ ސިފައިން ފަހަތަށް ޖެހުމާ ގުޅިގެން ޙޫޘީން ލަހިޖްގެ ތެރެއަށް ވަދެގަނެ ވަގުތީ ވެރިރަށާ 70 ކިލޯމީޓަރު ގާތަށް ޖެހިލައިފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޔަމަނުގެ ރިޔާސީ ކައުންސިލްގެ ރައީސް ރަޝާދު އަލް-ޢަލީމީ މިދިޔަ މަހުގެ ކުރީކޮޅު ”ފަޖުރު އަލް-ޔަމަން“ (ޔަމަނުގެ ފަތިސް) ގެ ނަމުގައި އަސްކަރީ އޮޕަރޭޝަނެއް އިޢުލާނު ކުރެއްވި އެވެ.

މި އޮޕަރޭޝަނުގެ މަޤްޞަދަކީ ދައުލަތުގެ މުއައްސަސާތައް އަލުން ޤާއިމުކޮށް ވެރިރަށް ސަންޢާ އަނބުރާ ހޯދައި ޙޫޘީންގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތައް މިނިވަންކުރުމެވެ.

މި އޮޕަރޭޝަން އިޢުލާނުކޮށްފައިވަނީ އަންޞާރުﷲ ގެ ނަމުން މަޝްހޫރުވެފައިވާ ޙޫޘީން ތާއިޒް ޕްރޮވިންސްގެ ބޮޑު ބައެއް ހިފައި އެ ސިޓީއަށް ވަދެވެން އޮންނަ ހުރިހާ ދޮރުތަކެއް އެމީހުންގެ ބާރުގެ ދަށަށް ގެނައިތާ އެއްދުވަސް ފަހުންނެވެ.

ނަމަވެސް މި އޮޕަރޭޝަން އިޢުލާނުކުރި ފަހުން ޢަމަލީ ގޮތުން އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ.

އޭގެ ބަދަލުގައި ޔަމަނުގެ ހުޅަނގު ދެކުނުގައިވާ ތާއިޒް އަދި ލަހިޖް ޕްރޮވިންސްގެ ބޮޑެތި ސަރަޙައްދުތަކެއް ޙޫޘީން ވަނީ ހިފާފައެވެ.

ހުޅަނގު އައްސޭރީގެ ޛުބާބު ސަރަޙައްދުގައި ހަނގުރާމަ ކުރިއަށްދާއިރު ސަރުކާރުގެ ސިފައިން ވަނީ އެ ސިޓީގެ އަސްކަރީ އެއާޕޯޓާއި ކައިރި ސަރަޙައްދުތައް ކޮންޓްރޯލް ކޮށްފަ އެވެ.

ހަމައެއާއެކު ލަހިޖްގެ ފަރުބަދަމަތީ ސަރަޙައްދުތަކާއި ވާދީތަކުން ޙޫޘީން ކުރިއަރަމުން އައިސް އައްސޭރިފަށުގައި ތިބި އަސްކަރީ ފައުޖުތައް ހިސާރުކުރުމާ ގާތަށް ވަނީ ގޮސްފަ އެވެ.

ނޮވެމްބަރު މަހުގެ 15 ވީ އާދީއްތަ ދުވަހު ޔަމަނުގެ ސަރުކާރުގެ ސިފައިން ވަނީ ބާބުލް މަންދަބާއި ޛުބާބު އަސްކަރީ އެއާޕޯޓުން ސިފައިން ބާލާފަ އެވެ.

މިއީ ވަގުތީ ވެރިރަށް ޢަދަން އާއި އަވަށްޓެރި ޕްރޮވިންސްތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި އަސްކަރީ ފައުޖުތައް އަލުން ތަރުތީބުކުރުމަށް ނިންމި ނިންމުމެކެވެ.

ސަރުކާރުގެ ސިފައިން ދޫކޮށްލި ހުރިހާ ސަރަޙައްދުތަކަކަށް ހަމަ އެދުވަހު ޙޫޘީން ވަނީ ވަދެފަ އެވެ.

މިހާރު އެމީހުން ތިބީ ޢަދަންގެ އުތުރުން ގާތްގަނޑަކަށް 70 ކިލޯމީޓަރު ދުރުގަ އެވެ.

ހަމައެއާއެކު ސަރުކާރުގެ ސިފައިން ދަނީ ޢަދަން ދިފާޢުކުރުމަށްޓަކައި ތައްޔާރުވަމުންނެވެ.

މި ކުރިއެރުމާއެކު ބާބުލް މަންދަބުން ފެށިގެން ޢަދަން ޕްރޮވިންސާ ހަމައަށް ޢަދަން ކަނޑުއޮޅީގެ ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ އައްސޭރިފަށުގެ ސަރަޙައްދުތައް މިހާރު ވަނީ ޙޫޘީންގެ ކޮންޓްރޯލްގެ ދަށުގަ އެވެ.

މީގެ ތެރޭގައި ޚޫރު އުމައިރާގެ އައްސޭރިފަށުގެ ސަރަޙައްދުވެސް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.