ހުޅުމާލެ ނެޓްބޯލް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފަށައިފި

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އަޅަން ނިންމާފައިވާ ނެޓްބޯލް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ނެޓްބޯލް ކޮމްޕްލެކްސްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޖިއޯ ވޭވް ޕްރައިވެޓް ލިމިޓެޑާއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިމަސައްކަތް ޖިއޯ ވޭވް އާއި ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލުމަށެވެ.

މި ކޮމްޕްލެކްސް ޢިމާރާތްކުރަނީ ހުޅުމާލޭގެ ލޮޓް 11790 (ޗަންބޭލީ މަގާއި ބޯގަންވިލާ މަގާ ދެމެދު) ގައެވެ. ޖުމްލަ 4,658 އަކަމީޓަރު (50,141 އަކަފޫޓު) ގެ ބިމެއްގައި ޢިމާރާތްކުރާ މި ތަނުގެ އުސްމިނުގައި 23.9 މީޓަރު ހުންނާނެއެވެ.

މި ކޮމްޕްލެކްސްގެ މުހިންމު ބައިތައް:

ފަސް އިންޑޯ ކޯޓު: ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވޭ ފެންވަރުގެ 1 މައި ކޮމްޕެޓިޝަން ކޯޓު (ގްރައުންޑް ލެވެލްގައި) އަދި ފަރިތަކުރުންތަކަށް ޚާއްޞަ 4 ޕްރެކްޓިސް ކޯޓު (ގްރައުންޑް އަދި މަތީ ފަންގިފިލާގައި) ހިމެނެއެވެ.

ބަލާ މީހުންނާއި ވީ.އައި.ޕީ ވަސީލަތްތައް: މައި ކޯޓަށް ކުރިމަތިވާގޮތަށް ތައްޔާރުކޮށްފައިވާ ގޮނޑިބަރިތަކާއި، ވީ.އައި.ޕީ ލައުންޖާއި ވީ.އައި.ޕީ ސީޓިންގް، ޓިކެޓް ކައުންޓަރު، ކެފޭ އަދި ނަމާދުކުރާ ކޮޓަރި ހިމެނެއެވެ.

ކުޅުންތެރިންނާއި އޮފިޝަލުންގެ ވަސީލަތްތައް: ޓީމުތަކާއި ރެފްރީންގެ ޗޭންޖިންގް ރޫމްތައް، ޖިމް، މެޑިކަލް ރޫމް، ޑޯޕިންގް ޓެސްޓް ފެސިލިޓީ އަދި ލިވިންގް ކުއާޓަރސް ހިމެނެއެވެ.

މީޑިއާ އަދި އިދާރީ ބައިތައް: ބައިނަލްއަޤްވާމީ މުބާރާތްތައް ވަގުތުން ދެއްކުމަށް ޚާއްޞަ މީޑިއާ ބްރޯޑްކާސްޓިންގް ރޫމްތަކާއި، ޓީވީ ކެމެރާ ޕެރިމީޓަރ ޒޯން އަދި އިދާރީ އޮފީސްތައް ހިމެނެއެވެ.

ރާއްޖޭގެ މޫސުމާ ގުޅޭ ޒަމާނީ ޑިޒައިނެއް: ރާއްޖޭގެ މޫސުމަށް ފެތޭގޮތަށް، ވައި ދައުރުވާނެހެން (ކްރޮސް-ވެންޓިލޭޝަން) އަދި އަވިން ހޫނުވުން ކުޑަކުރުމަށް ލޫވަރޑް ޝޭޑިންގް ސްކިން ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ޢިމާރާތެކެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ގާޒީ ސްކޫލް ކުރިމަތީ އޮންނަ ހުސްބިމުގައި ނެޓްބޯލް ކޮމްޕްލެކްސް އެޅުމަށް ބިން ދިނުމަށް، މި މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީ އަދި އެޗްޑީސީން ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.