ސަޢޫދީ އޮތީ ރޫޅި ބައިބައިވުމުގެ މަގުމަތީގައި – ޓްރަމްޕް

އެމެރިކާގެ ރައީސް ބުނި ގޮތުގައި ގަލްފުގެ ހުރިހާ ޤައުމުތަކަކީ ވެސް ހަނގުރާމައިގެ ނުރައްކަލަށް ނާޒުކު ޤައުމުތަކަކަށް ވާތީ، އީރާނަށް އިތުރު ހަމަލާއެއް ނުދިނުމަށް އެ ޤައުމުތަކުން ވަނީ އޭނާގެ ކިބައިން އެދިފަ އެވެ.

ހުކުރު ދުވަހު އާންމުކުރި އިންޓަވިއުއެއްގައި ޑޮނަލްޑް ޓްރަމްޕް ބުނީ ސަޢޫދީ ޢަރަބިއްޔާ ދަނީ ”ރޫޅެމުން“ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޔަމަނުގެ ހޫތީންގެ ފަރާތުން މިސައިލާއި ޑްރޯން ހަމަލާތައް ކުރިމަތިވަމުންދާ ދަނޑިވަޅެއްގައި ޓްރަމްޕް ދެއްކި މި ވާހަކަތަކަކީ ސަޢޫދީ ސަރުކާރުގެ ނުރުހުން އަމާޒުވެދާނެ ކަމެކެވެ.

ސްޓީވަން އޭ ސްމިތާއެކު ބޭއްވި އިންޓަވިއުއެއްގައި އެމެރިކާގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ސަޢޫދީއާ ބެހޭގޮތުން ވާހަކަދައްކަމުން ޓްރަމްޕް ވަނީ އީރާނުގެ އާންމު ވަސީލަތްތަކަށް ހަމަލާދީ ތިން ދުވަސް ތެރޭގައި އެ ޤައުމު ސުންނާފަތިކޮށްލެވިދާނެ ކަމަށް ބުނެ ފަހުރުވެރިވެފަ އެވެ.

ނަމަވެސް ސަޢޫދީ އާއި ގަލްފުގެ އެހެން ޤައުމުތަކުގެ އަމިއްލަ ނާޒުކުކަމާއި ބަލިކަށިކަމުގެ ސަބަބުން އެގޮތަށް ކަންތައް ނުކުރުމަށް އެ ޤައުމުތަކުން އެދިފައިވާ ކަމަށް އޭނާ ބުންޏެވެ.

”އަހަރެން އެމީހުން ނައްތާލަން ބޭނުންވެއްޖެ ނަމަ، އެންމެ ދުވަހަކުން އެމީހުންގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދީ އެކަން ނިންމާލެވިދާނެ. އޭރުން އެމީހުންގެ ހަކަތަ ހުސްވީ. އެއް ދުވަހުން އެމީހުންގެ ފާލަންތައް ނައްތާލެވޭނެ، އަދި އަނެއް ދުވަހު އެމީހުންގެ އުފެއްދުންތެރިކަމުގެ ގާބިލުކަން ނައްތާލެވޭނެ. މުޅި ޤައުމު ނައްތާލަން ނަގާނީ އެންމެ ތިން ދުވަސް،“ – ޓްރަމްޕް

ޓްރަމްޕް އިތުރަށް ބުނީ ”ސަޢޫދީ ޤަރަބިއްޔާ އޮތީ ރޫޅުމުގެ މަގުމަތީގައި ކަމަށްވާތީ މިވަގުތު ކަންތައްތައް އޮތްގޮތަށް ބޭއްވުމަށް އެ ޤައުމުން ވަނީ އަހަރެންގެ ކިބައިން އާދޭހާއެކު އެދިފައި،“ ކަމަށެވެ.

”ގަތަރާއި، ކުވެއިތާއި، ޔޫއޭއީ އަދި ބަހްރޭނަށް ބަލާއިރު، އެ ހުރިހާ ޤައުމަކުން ވެސް މިވަގުތު ބޭނުންވަނީ މަޑުޖެހިލައިގެން ތިބުމަށް،“ އޭނާ ބުންޏެވެ.

ގަލްފުގެ ޤައުމުތަކުގެ މައްޗަށް ޚާއްޞަކޮށް ވަލީއަހުދު މުޙައްމަދު ބިން ސަލްމާންގެ މައްޗަށް އޮތް ނުފޫޒާ ބެހޭގޮތުން ޓްރަމްޕް މިފަދަ ގޮތަކަށް ބޮޑާވެ ވާހަކަދެއްކި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ.

ދެވަނަ ބޮޑު ހަނގުރާމައަށްފަހު ސަޢޫދީގެ ސަލާމަތީ ކަންކަމުގައި އެންމެ ބޮޑަށް ބަރޯސާވެފައިވަނީ އެމެރިކާއަށެވެ.

”އޭނާއަކަށް (މުހައްމަދު ބިން ސަލްމާން) މިހެން ވެދާނެއެކޭ ހިއެއް ނުކުރެވޭ… އޭނާ ހީކުރީ އަހަރެންގެ ފަހަތުން އުޅެންޖެހޭނެ ކަމަކަށް ނޫން… އޭނާ ހީކުރީ އަހަރެންނަކީ ވެސް ކުރިން އުޅުނު އެމެރިކާގެ ނާކާމިޔާބު ރައީސުން ފަދަ މީހެއް ކަމަށް… އެކަމަކު މިހާރު އޭނާއަށް ޖެހެނީ އަހަރެންނަށް ވަރަށް ކަމޭހިތައިގެން އުޅެން،“ – ޓްރަމްޕް

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.