ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް މެދުނުކެނޑި ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަން ކުށްވެރިކޮށް ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށާއި، އެ ޤައުމުގެ ދެކުނުގެ ސަރަހައްދުތަކުގައިވާ އާންމުން ދިރިއުޅޭ ތަންތަނަށާއި މުހިންމު އިދާރީ މަރުކަޒުތަކަށް އަމާޒުކޮށް، ޙޫޘީ ހަނގުރާމަވެރިން ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ދެމުންދާ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޚާރިޖިއްޔާގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ހަމަލާތަކަކީ ސައުދީ އަރަބިއްޔާގެ ސިޔާދަތާއި އިސްތިގުލާލަށް އަރައިގަތުމުގެ އިތުރުން، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފަށް ހިންގާ އަމަލުތަކެކެވެ. އަދި މި އަމަލުތަކުގެ ސަބަބުން އެ ޤައުމުގެ ކުށެއްނެތް އާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހައާއި، ސަލާމަތާއި، ހަމަޖެހުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާތީ، މިފަދަ ފިނޑި ހަމަލާތައް ވަގުތުން ހުއްޓާލުމަށް ދިވެހިރާއްޖެއިން ވަނީ ގޮވާލާފައެވެ.

މީގެއިތުރުން، މި ދަނޑިވަޅުގައި ސައުދީ އަރަބިއްޔާގެ ސަރުކާރާއި އެ ޤައުމުގެ އަޚުވަންތަ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ވަނީ އަރުވާފައެވެ. އަދި އެ ޤައުމުގެ ސިޔާދަތާއި، ސަލާމަތާއި، އިސްތިގުލާލު ރައްކާތެރިކުރުމަށާއި، މުސްލިމުންގެ މުޤައްދަސް ދެ ޙަރަމްފުޅުގެ ހިމާޔަތުގައި ސައުދީ ސަރުކާރުން އަޅަމުންދާ އެންމެހައި ފިޔަވަޅުތަކަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން ވެސް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ތަކުރާރުކޮށް ހާމަކުރައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.