އިޒްރޭލުގެ ޕާސްޕޯޓު އޮތް އެއްވެސް ފަރާތަކަށް ރާއްޖެއަށް ނާދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކުރައްވައިފި

އެއްވެސް ޙާލަތެއްގައި، އިޒްރޭލު ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް ނާދެވޭނޭކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވާ ވާހަކަފުޅު ތަކުރާރުކުރައްވައި، އެކަމުގައި ރާއްޖެއިން ނިންމާފައިވާ ނިންމުން ދިފާޢުކުރައްވައި އެމަނިކުފާނު ވާހަކަފުޅު ދައްކަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުން މަޖިލީހަށް ހުށައަޅުއްވާފައިވާ ބިލްތަކަށް އިޝާރާތްކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނޯންނާނެ ފަރާތްތައް ބަޔާންކުރާ ބައިގައި، 7 އޮކްޓޯބަރު 2023 އަށްފަހު އިޒްރޭލުން ހިންގަންފެށި ޤަތުލްއާންމު ހުއްޓާލާ، ޙާލަތު ބަދަލުވަންދެން އެޤައުމުގެ ރައްޔިތުންނަށް ރާއްޖެ ނާދެވޭގޮތަށް އޮތް ނަމަވެސް، މިހާރު ހުށައަޅާފައިވާ ބިލުގައި އޮންނާނީ އެޙާލަތަށް ރިޢާޔަތް ނުކޮށް، އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެއަށް ނާދެވޭނެ ކަމަށް މުތުލަޤަށް، ކަނޑައަޅާފައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި، އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދަނީ ނަސްލު ނައްތާލުމުގެ ޢަމަލެއްކަމަށާއި، ރާއްޖޭގެ އިމުގެ ތެރެއަށް އެޤައުމުގެ އެއްވެސް މީހަކަށް އާދެވޭ ގޮތްވުމަކީ އަޅުގަނޑުމެން ޤަބޫލުކުރާނެ ހަމައެއް ނޫންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެ ސިޔާސަތާއި ސްޓޭންޑް ރާއްޖެއިން ބައިނަލްއަޤްވާމީ އެކި މަންސަތަކުގައި، އެކި ފަހަރުމަތިން ނަގަހައްޓާ، ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި އުފުލި އެކި ޤާނޫނީ ދަޢުވާތަކުގައި ރާއްޖެއިން ވަކާލާތުކޮށްފައިވާނޭކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިމައްސަލައިގައި، ރާއްޖޭގެ ސްޓޭންޑް މިހާތަނަށް ތަފާތުވެފައިނުވާ ކަމަށާއި، އެކަމަކީ ދިވެހި ރައްޔިތުންނަށް ހައްސާސް މައްސަލައެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެހެންކަމުން، އިމިގްރޭޝަނާބެހޭ އައު ބިލެއް ހުށަހެޅެނީ މިކަންކަމަށް ރިޢާޔަތްކުރެވި، ރާއްޖޭގެ ސްޓޭންޑް ސާފުކޮށް ބަޔާންކުރެވިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.