ރަސްމާލެ މައްސަލައިގައި ފެންނަ ނުފެންނަ ވޯޓަކަށް ދާކަށް ނުޖެހޭ – ރައީސް ޑރ. މުޢިއްޒު

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ރެފަރެންޑަމަކަށް ދާންޖެހޭ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާކަމަށެވެ.

ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައްޔިތުންގެ ޙައްޤުތަކާއި ދައުލަތުގެ މިނިވަންކަން ކަށަވަރުވާނޭހެން ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު އެކުލަވައިލާފައި ވާތީއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

”މި ކަމަކީ އަޅުގަނޑުމެން ރިފަރެންޑަމެއް ހިންގާނެ ކަމެއް ނޫން، މި ބިލުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި މިހިރީ ރާއްޖޭގެ ރައްޔިތުންގެ ޙައްޤުތަކާއި ދައުލަތުގެ މިނިވަންކަމާއި އިސްތިޤްލާލާއި އަޅުގަނޑުމެންގެ ޤާނޫނުތަކާއި މި ހުރިހާ ކަމަކަށް ރިއާޔަތްކުރެވިފައި މި އޮތީ ޤާނޫނުގައި ސީދާ،“ ރައީސް ޑރ. މުޢިއްޒު

މި ދާއިރާ ރެގިއުލޭޓް ކުރުމަށް މަޖިލީހަށް ހުށަހެޅި މި ބިލުގެ ދަށުން، ކަނޑައެޅޭ ޒޯނުތަކުގައި އިސްލާމީ އުސޫލުތަކާ ޚިލާފު ކަންކަމާއި، ބަނގުރަލާއި އޫރުމަހުގެ ވިޔަފާރި އަދި އެހެން ދީންތަކުގެ ޝިޢާރު ފާޅުކުރުން މަނާކޮށްފައިވެ އެވެ. އަދި ބިން ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށް ކަނޑައަޅައި، އެއްވެސް ޤައުމަކަށް ބިމުގެ %25 އަށް ވުރެ އިތުރަށް މިލްކު ނުކުރެވޭނެ ގޮތް ވަނީ ހަދާފަ އެވެ.

މީގެއިތުރުން އިސްތިޢުމާރީ އިޒްރޭލުގެ އެއްވެސް ފަރާތަކަށް ޕްރޮޕަޓީ ނުވިއްކޭނެ ކަމަށާއި، މިފަދަ ތަންތަން ގަތުމަކުން ރާއްޖޭގެ ރައްޔިތުކަން ނުލިބޭނެ ކަމަށް ވެސް މި ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޭން އުޅޭ މައްސަލާގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް އިދިކޮޅު އެމްޑީޕީގެ ޤައުމީ މަޖިލީހުން ދާދި ފަހުން ވަނީ ފާސްކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.