ކުރު ވާހަކަ: އެކުވެރިކަމުގެ ބާރު

އުނދަގޫ ދިރިއުޅުމަކާ ކުރިމަތިލަމުން ދިޔަ އީސަޔަކީ ރަށުގެ އެންމެންނާ ވެސް ގުޅޭ، އެހެން ނަމަވެސް އަމިއްލަ މަސައްކަތެއް ފަށައިގަންނަން ނުކުޅެދިފައި ހުރި ޒުވާނެކެވެ.

ކުޑައިރުއްސުރެ އޭނާ ދެކެމުން އައި ހުވަފެނަކީ ރަށުގެ ފަޅުފިލުވައިދޭނެ ފަދަ ކުޑަ ވަޑާންގެއެއް ހުޅުވައި، ދޯނިފަހަރު ބަނުމުގެ މަސައްކަތް ފުޅާކުރުމެވެ. އެކަމަކު އަތްމަތި ދަތިކަމާއި އެކަނިވެރިކަމުގެ ސަބަބުން އެ ހުވަފެން އޮތީ ހަގީގަތަކަށް ނުވެފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އީސަގެ އެންމެ ގާތް އެކުވެރިޔާ ޒިޔާދަށް މިކަން އެނގުނީ، އެއްދުވަހެއްގެ ހަވީރު އަތިރިމަތީ ހޮޅުއަށީގައި ވާހަކަދައްކަން ތިއްބައެވެ. ”އީސަ، ތިކަހަލަ ހުނަރެއް ހުރެފައި ހުއްޓިގެން ހުންނާކަށް ނުވާނެ،“ ޒިޔާދު އޭނާގެ ކޮނޑުގައި އަތްބާއްވާލަމުން ބުންޏެވެ.

”އަހަރެމެން ދެމީހުން އެކުގައި ނުކުމެ މިކަން ކުރަންވީ ނޫންހެއްޔެވެ؟ މަގޭ އަތުގައި ހުރި މަދު ފައިސާކޮޅާއި، މާޝާ ﷲ ތިބާގެ މޮޅު ހުނަރު އެއްކޮށްލައިފިއްޔާ އިންޝާ ﷲ ކާމިޔާބު ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ.“ ޒިޔާދުގެ އެ ބަސްތަކުން އީސަގެ ހިތަށް އާ ދިރުމެއް ލިބުނެވެ.

އަނެއް ދުވަހުން ފެށިގެން ދެ އެކުވެރިން ނުކުތީ އެއް އަމާޒަކަށެވެ. އެކަކު ވަކަރު ކަނޑައި ފިލާ ސާފުކުރާއިރު، އަނެކަކު ދިޔައީ އާލާތްތައް ހޯދައި މީހުންނާ ގުޅުން ބަދަހިކުރަމުންނެވެ. އެކަކު ވަރުބަލިވާ ވަގުތު އަނެކަކު ހިތްވަރު ދިނެވެ.

މަސައްކަތުގައި ކިތަންމެ އަވަދިނެތި އުޅުނު ކަމުގައި ވިޔަސް، ނަމާދަށް ބަންގި ގޮވުމުން ދެ އެކުވެރިން އެކުގައި މިސްކިތަށް ގޮސް ނަމާދު ކުރެއެވެ. ވަގުތުން ވަގުތަށް ނަމާދު ކުރުން ވެގެން ދިޔައީ އެ ދެ އެކުވެރިންގެ މަސައްކަތުގައި ﷲ ބަރަކާތް ލެއްވުމުގެ އެންމެ ފުރަތަމަ ސަބަބު ކަމުގަ  އެވެ.

އަދި މަސައްކަތުގައި ދިމާވި އެކި ގޮންޖެހުންތަކާއި، ލަސްވުންތަކުގެ ކުރިމަތީގައި އެމީހުންގެ ގުޅުން ވެގެންދިޔައީ އެންމެ ބޮޑު ހިތްވަރަށެވެ. އެކަކު އަނެކަކަށް ދިން އިތުބާރާއި އެއްބާރުލުމުގެ ސަބަބުން ދަތި ކޮންމެ ކަމެއް ﷲ ގެ ރަޙުމަތާއެކު ފަސޭހަވެގެން ދިޔަ އެވެ.

މަސްތަކެއްގެ ބުރަ މަސައްކަތަށްފަހު، އެ ދެ އެކުވެރިން ބަނދަރުމައްޗަށް ބޭލި ފުރަތަމަ ދޯނި ފެނިފައި މުޅި ރަށް އޮތީ ހައިރާންވެފަ އެވެ.

ފުރިހަމަ ފަންވަރާއި ފަރުމާއާއެކު ދިޔަވަރު މައްޗަށް ބާލާފައި އޮތް އެ ދޯންޏަށް ބަލަހައްޓައިގެން ހުރެ، އީސަ ބުންޏެވެ: ”އަލްޙަމްދުލިއްލާހި!“ އަދި އީސަގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އެވަގުތު ފާއްދާލިއެވެ.

”އަހަރެން އެކަނި ނަމަ މިއަދު މި ހިސާބަކަށް ނާދެވުނީސް،“ އީސަ ޒިޔާދަށް ބަލައިލަމުން ބުންޏެވެ.

އެވަގުތު ހިނިތުންވެލަމުން ޒިޔާދު ބުންޏެވެ: ”އެކުވެރިކަމުގެ ބަދަހިކަމަކީ ކޮންމެ ބުރައެއް ލުއިކޮށްދީ، ހާސިލުނުވާނެ ކަމަށް ހީވާ ކަންކަން ޙޤީޤަތަކަށް ހަދައިދޭ އެންމެ ވަރުގަދަ ބާރެވެ.“

މިއިީ ފެނުމުގެ ނުކުޅެދުންތެރިކަން ހުނަންނަފަރާތެއްކަމަށްވާ ޞިބްޣަތުﷲ ލިޔުއްވާފައިވާ ވަރަށް ޢިބްރަތްތެރި ވާހަކަ އެކެވެ.

މިވާހަކަ ލިޔުއްވާފައިވަނީ ތާނަ އަކުރުން ޞިބްޣަތުﷲ އަމިލަޔަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.