ސޫރިޔާ އާއި ސަޢޫދީއާ ދެމެދު ވަރުގަދަ އެއްބަސްވުމެއްގައި ސޮއިކޮށްފި

ސޫރިޔާ އާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ދިފާޢީ އެއްބަސްވުމެއްގައި ސޮއިކޮށް 403 މިލިއަން ޑޮލަރުގެ ލޯނު އެހީ ދިނުމަށް ނިންމައިފި އެވެ.

ސޫރިޔާގެ ރައީސް އަޙްމަދު އަލްޝަރާ މަހެއްގެ ތެރޭގައި ދެވަނަ ފަހަރަށް ރިޔާޟަށް ކުރެއްވި ދަތުރުފުޅުގައި ސޫރިޔާ އާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ސޫރިޔާގެ ރައީސް އަޙްމަދު އަލްޝަރާ އާއި ސަޢޫދީގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ދިފާޢީ އެއްބަސްވުމުގެ އިތުރުން ސޫރިޔާގެ ހަކަތައާއި ބޯހިޔާވަހިކަމާއި ސިއްހަތު އަދި އުމްރާނީ ތަރައްގީގެ ދާއިރާތަކަށް ބޭނުންވާ 403 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާގެ ލޯނު އެހީގެ އެއްބަސްވުންތަކުގައި ވެސް ވަނީ ސޮއިކޮށްފަ އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ބުދަ ދުވަހު ރައީސް އަލްޝަރާ ރިޔާޟަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ.

ސޫރިޔާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ދެ ޤައުމުގެ ދިފާޢީ ވުޒާރާގެ ދެމެދުގައި ވެވުނު އެއްބަސްވުމަކީ މި ދަތުރުފުޅުގައި ސޮއިކުރެވުނު އެންމެ މުހިންމު އެއްބަސްވުން ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމުގެ ތަފްސީލީ މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސަޢޫދީ ޢަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުގެ މެދުގައި އޮންނަ ދިފާޢީ އިއްތިހާދުގައި ސޫރިޔާ ބައިވެރިވުމާ މެދު ގޮތެއް ނިންމުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށް އެ ޤައުމުގެ ފޮރިން މިނިސްޓަރު އަސަދު އަލްޝައިބާނީ ވިދާޅުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ.

ބަހުރޭންގައި ބޭއްވުނު ސަލާމަތީ ކޮންފަރެންސް ”މަނާމާ ޑައިލޮގް“ ގައި ވާހަކަދައްކަވަމުން އަލްޝައިބާނީ ވިދާޅުވީ ”މައްކާ އެލަޔަންސް“ ގައި ސޫރިޔާ ބައިވެރިވުމާ ގުޅޭގޮތުން މިހާރު ދަނީ ދިރާސާކުރަމުން ކަމަށެވެ.

ޔަމަނުގެ ހޫޘީންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ދިފާޢީ އަދި ހަމަލާދިނުމުގެ އެހީތެރިކަން ހޯދުމަށް ސަޢޫދީ ޢަރަބިއްޔާއިން ދަނީ އެމެރިކާގެ އިތުރުން ޔޫރަޕާއި މެދުއިރުމަތީގެ ޤައުމުތަކުގެ އެހީތެރިކަމަށް އެދެމުންނެވެ.

ހޫޘީން ދަނީ ސަޢޫދީގެ އެއާޕޯޓްތަކަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށް ހަމަލާދެމުންނެވެ.

ސޫރިޔާގެ ފޮރިން މިނިސްޓްރީން ’އެކްސް‘ ގައި ބުނެފައިވާ ގޮތުގައި، ރައީސް އަލްޝަރާ އާއި ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ވަނީ ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މަޝްރަހާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފަ އެވެ.

އޭގެ ތެރޭގައި ސަރަހައްދީ ހަމަނުޖެހުންތަކުގެ ސަބަބުން ސަލާމަތީ ކަންކަމަށް ކުރާ އަސަރާއ، ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމާއި ހަކަތަ ފޯރުކޮށްދިނުމަށް ކުރިމަތިވާ ހުރަސްތަކުގެ އިތުރުން ދުނިޔޭގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތައް ހިމެނެ އެވެ.

ދެ ބޭފުޅުން ވަނީ މަސްރަހު ފިނިކުރުމަށާއި މައްސަލަތައް ސުލްހަވެރިކަމާއެކު ހައްލުކުރުމަށް ގޮވާލައްވާފަ އެވެ. އަދި ރަތްކަނޑާއި ބާބުލް މަންދަބް ކަނޑުއޮޅި އަދި ހޯރްމޫޒް ކަނޑުއޮޅީގައި ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމަށް ހުރަސްއެޅޭ އެންމެހާ އަމަލުތައް ވަގުތުން ހުއްޓާލުމަށް ވެސް ދެ ބޭފުޅުން ބާރުއެޅުއްވި އެވެ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.